ސަލާމަތީ ބާރުތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝައްމޫން ޖަލީލް (ލޫކާސް ޖަލީލް)ގެ ބަންދަށް ކްރިމިނަލް ކޯޓުން އަނެއްކާވެސް 15 ދުވަސް ޖަހައިފި އެވެ.

މީގެކުރިންވެސް އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ. އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މާދަމާ ފެށުމަށް ވަނީ ތާވަލުކޮށްފަ އެވެ.

ދެވަނަ ފަހަރަށް ލޫކަސްގެ ބަންދަށް މިއަދު 15 ދުވަސް ޖަހާފައިވާކަން އޭނާގެ ވަކީލު ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފަ އެވެ.

ލޫކަސް ހައްޔަރުކޮށްފައި ވަނީ އޭނާ އާއި އިތުރު ބަޔަކު ގުޅިގެން، ދިވެހި ރާއްޖޭގެ ދިފާއީ ބާރުތަކާ މެދު ރައޔްިތުންގެ ހިތްތަކުގައި ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދައްކައި، މުޖުތަމައުގައި ހަމަނުޖެހުން އުފައްދަން އުޅޭ ކަމުގެ ތުހުމަތުގައި، ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.