14 Aug 2016, 16:46
އިންޓަގްރޭޓެޑް ޓޫރިޒަމް ފުޅާކޮށް ކުރިއެރުވުމުގެ މަސައްކަތް ކުރުމަށްޓަކައި، މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ކުންފުންޏެއް އުފައްދަވައިފިއެވެ.
ކުންފުންޏާ ބެހޭ ގާނޫނުގެ 95 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ނަމުގައި އެމަނިކުފާނު މިއަދު ސަރުކާރުގެ ކުންފުންޏެއް އުފެއްދެވުމުގެ މަގްސަދަކީ ފަތުރުވެރިކަމުގެ ސިނާއަތުން މުޖްތަމައަށް ކުރާ މަންފާ ފުޅާ ކުރުމަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ސީދާ ގޮތުން ބައިވެރިވުމަށް މިހާރަށް ވުރެ ބޮޑަށް މަގުފަހިކޮށްދިނުން ވެސް މި ކުންފުނީގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
އަދި ހަމަ އެއާ އެކު ސަރުކާރުން ތައާރަފުކޮށްފައިވާ މެދުފަންތީގެ ފަތުރުވެރިކަން ކަމުގައިވާ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް މަޝްރޫއު ދިވެހިރާއްޖެއަށް ތައާރަފު ކުރުން ވެސް މި ކުންފުނީގެ މަގްސަތުތަކުގެ ތެރޭގައި ހިމެނެއެވެ.
ސަރުކާރުން ވަނީ އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީ ކުރުމުގެ މަޝްރޫއުތަކެއް މިހާރުވެސް އިއުލާން ކޮށްފައެވެ.
އޭގެ ތެރޭގައި މަޝްރޫއާއި މަޝްރޫއު ހިމެނެއެވެ.
އިންޓަގްރޭޓެޑް ރިސޯޓް ޑިވެލޮޕްމެންޓް ޕްރޮޖެކްޓަކީ، ޓޫރިސްޓު ރިސޯޓެއް ހިންގުމުގައި، އެތަނުން ދޭ އެކިއެކި ޚިދުމަތްތައް، ކުދި އަދި މެދު ފަންތީގެ ތަފާތު ވިޔަފާރިތަކުން ފޯރުކޮށްދޭ ގޮތަށް ހިންގޭ ރިސޯޓެކެވެ. ކޮށްދެއްވީ 2014 ވަނަ އަހަރުގެ ޖޫން މަހު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
އެ ކޮންސެޕްޓަށް ލ. ތުނބުރި އަދި ލ. ހުޅިޔަންދޫގައި ގެސްޓްހައުސް ރިސޯޓެއް ތަރައްގީ ކުރުމަށް އޭރު އިއުލާން ކުރި ނަމަވެސް، އެ މަޝްރޫއުގެ ލޮކޭޝަން މިދިޔަ އަހަރު އައްޑޫ ސިޓީގެ އިސްމެހެލާ ހެރައަށް ބަދަލު ކުރެވިގެން ދިޔައެވެ.