14 Aug 2016, 11:58
ޔަޝް ރާޖް ފިލްމްގެ ކުރިއަށް އޮތް ފިލްމު "ތަގް" ގެ ލީޑު ރޯލުތަކުން އާމިރް ޚާން އަދި ދީޕިކާ ޕަދުކޯން ފެނިގެންދާނެ ކަމަށް ހަބަރުތައް ބުނެފި އެވެ.
އެންމެ ފުރަތަމަ ފިލްމުގެ ރޯލު ހުށަހެޅީ ދީޕިކާ އަދި ރިތިކް ރޯޝަން އަށެވެ. ނަމަވެސް މިހާރު ރިތިކް ފިލްމު ދޫކޮށްލާފައިވާ ކަމަށާއި، އާމިރު ޚާނަށް ފިލްމުގެ ލީޑު ރޯލު ހުށަހަޅާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
ވިޖޭ ކްރިޝްނާ ޑައިރެކްޓު ކުރާ "ތަގް" އަށް ދީޕިކާ އަދި އާމިރު އެއްބަސްވެއްޖެ ނަމަ އެ ފިލްމު ވެގެންދާނީ ދެ ތަރިން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.
އާމިރު ވަނީ މީގެ ކުރިން ވެސް ޔަޝް ރާޖްގެ ދެ ފިލްމަކާ ވިޖޭ ޑައިރެކްޓުކޮށްފައިވާ ފިލްމެއްގައި މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރޭގައި ހިޓް ފިލްމު "ދޫމް 3" ހިމެނެ އެވެ.