13 Aug 2016, 23:18
އިސްލާމް ދީނުގެ ހުދޫދުގެ ތެރެއިން ނޫން ގޮތަކަށް ރާއްޖެއަށް ޑިމޮކްރަސީ އައިސްގެން ނުވާނެ ކަމަށާއި، އެ ގޮތުގެ މަތިން ޑިމޮކްރަސީ ގެނައުމަށްޓަކައި އަބުރު ރައްކާތެރިކުރުމާ ބެހޭ ގާނޫނަށް މަރުހަބާ ކިޔަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވިދާޅުވެއްޖެއެވެ.
ޓީވީއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި މިރޭ ވާހަކަ ދައްކަވަމުން، ހޯމް މިނިސްޓަރު ވިދާޅުވީ އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނަކީ ރާއްޖެއަށް ކޮންމެހެންވެސް ބޭނުންވެފައި އޮތް ގާނޫނެއް ކަމަށެވެ.
އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ބިލު، މިދިޔަ ހޯމް ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިރު، ީ ބުރާސްފަތި ދުވަހުއެވެ.
އަޒްލީން މިރޭ ވިދާޅުވީ، މި ބިލުގެ ދަށުން އަބުރު ރައްކާތެރިކުރުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ އިރު، އަނެކާއާ ބެހޭގޮތުން ދޮގު ޚަބަރު ފަތުރައި ހެދުމުން މުޖުތަމައު ފަސާދަވާ ކަމަށެވެ.
"އެއްވެސް ދިމާލަކު ނުބުނޭ މިނިވަންކަމާ އެކު ޚިޔާލު ފާޅުކުރެވިގެން ނުވާނެއެކޭ. މިނިވަންކަމާ އެކު ޚިޔާލު ފާޅުކުރުމުގެ މާނައިގައި ނުހިމެނޭނެ އަނެކާގެ އަބުރު ދުއްވާލުމެއް. މިފަދަ ބިލެއް ނެތި މި ކޮންފްލިކްޓިން (ތައާރުޒު ވާ) ދެ ހައްގު ކަށަވަރު ކޮށްދެވޭނީ ކިހިނެއްތޯ. ކޮންމެވެސް އެއް ބަޔަކަށް އެއް ހައްގު ގެއްލިގެން އެބަ ދޭ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އަނެކާގެ އަބުރު ވެއްޔާ މޮޑެލުމެއް ނޫން،" އަޒްލީން ވިދާޅުވިއެވެ.
އަޒްލީން ވިދާޅުވީ، ދޮގު ޚަބަރު ގެނައުމަކީ ނޫސްވެރިން ބޭނުންވާނެ ކަމެއް ނޫން ކަމަށާއި، ތަސްދީގުކޮށްފައިވާ ގާނޫނުގެ ދަށުން، ތެދު ޚަބަރެއް ލިޔެގެން ސުވާލެއް ނުއުފައްދާނެ ކަމަށެވެ.
"ސަރުކާރާ ބެހޭގޮތުން ވިޔަސް، ރައީސުލްޖުމްހޫރިއްޔާއާ ބެހޭގޮތުން ވިޔަސް ތެދު ޚަބަރެއް ލިޔެގެން ސުވާލެއް ނާންނާނެ. ދޮގު ޚަބަރު ނުގެނެސްދެވޭތީ އުނިކަމެއް އަންނަ ކަމަށް ވިއްޔާ އެއީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން،" އަޒްލީން ވިދާޅުވިއެވެ.
މިނިސްޓަރު އަޒްލީން، މި ގާނޫނު ސިފަކުރެއްވީ ނަސީބެއްގެ ގޮތުގައެވެ. އަދި މި ގާނޫނަށް ވުރެ ބޮޑު ހަދިޔާއެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ހޯމް މިނިސްޓަރު ވިދާޅުވީ، މި ގާނޫނަކީ މާދަމާގެ ޒުވާނުންނަށް ކޮށައިދެވުނު ރީތި މަގެއް ކަމަށާއި، އެ ގާނޫނު އޮތް މަގުން ދަތުރު ކުރުމުން އިސްލާމީ މުޖްތަމައެއް ފެނިގެން ދާނެ ކަމަށެވެ.
އަދި ރާއްޖެއަށް ޑިމޮކްރަސީ އަންނަން ޖެހޭނީ އިސްލާމް ދީނުގައި އޮތް ހުދޫދުގެ ތެރެއިން ކަމަށާއި، ޑިމޮކްރަސީއަށް ވުރެ އިސްލާމް ދީން މުހިންމު ކަމަށް އަޒްލީން ވިދާޅުވިއެވެ.
"އިސްލާމް ދީނުގެ ހުދޫދުގެ ތެރެއިން ނޫން ގޮތަކަށް ރާއްޖެއަށް ޑިމޮކްރަސީ އައިސްގެން ނުވާނެ. ޑިމޮކްރަސީ އަންނަން ޖެހޭނީ އެއަށް ވުރެ މުހިންމު [ކަމެއް ކަމުގައިވާ]، އިސްލާމް ދީނުގެ ތެރެއިން. އެހެންވެ މި ބިލަށް މަރުހަބާ ކިޔަން ޖެހޭ،" ހޯމް މިނިސްޓަރުކަމުގެ މަގާމަށް މި މަހުގެ އެއްވަނަ ދުވަހު ވިދާޅުވިއެވެ.