ސިންގަޕޫރު ރޯޔަލް އިންސްޓިޓިއުޓް އޮފް ހޮސްޕިޓަލިޓީގެ ފެލޯ ޑޮކްޓަރ ކަމުގެ ޝަރަފު ސަން ސިޔާމް ގުރޫޕުގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދަށް ދެއްވައިފި އެވެ. މި ޝަރަފު ސިޔާމަށް ދެއްވީ މެލޭޝިއާގެ ޖޭކޭކޭ އެން އޮޑިޓޯރިއަމްގައި އިއްޔެ ބޭއްވި ރޯޔަލް އިންސްޓިޓިއުޓްގެ އަށް ވަނަ ގްލޯބަލް ކޮންގްރެސް އެންޑް ކޮންފަރމެންޓް ސެރަމަނީގަ އެވެ.

ފެލޯ ޑޮކްޓަރ ކަމުގެ ޝަރަފުގެ އިތުރުން ރޯޔަލް އިންސްޓިޓިއުޓުން ވަނީ، ސިންގަޕޫރު ރޯޔަލް އިންސްޓްޓިއުޓް އޮފް ހޮސްޕިޓަލިޓީގެ އޮނޮރަރީ ޕްރެސިޑެންޓް ކަމުގެ ޝަރަފު ވެސް ސިޔާމަށް ދެއްވައިފަ އެވެ.

މެލޭޝިއާގެ ޖޭކޭކޭ އެން އޮޑިޓޯރިއަމްގައި އިއްޔެ ބޭއްވި ރޯޔަލް އިންސްޓިޓިއުޓްގެ އަށް ވަނަ ގްލޯބަލް ކޮންގްރެސް އެންޑް ކޮންފަރމެންޓް ހަފްލާގެ ތެރޭން -- ފޮޓޯ: ސަން

މެލޭޝިއާގައި ބޭއްވި މި ކޮންގްރެސްގައި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފަށް ވަނީ ރޯޔަލް އިންސްޓިޓިއުޓް އޮފް މެނޭޖްމެންޓްގެ ސީނިއަރ ފެލޯ ގެ ޝަރަފު ދެއްވައިފަ އެވެ.

ރޯޔަލް އިންސްޓިޓިއުޓް އޮފް ހޮސްޕިޓަލިޓީ ގެ ފެލޯޝިޕް ދެނީ އަކީ އެދި ދާއިރާ ތަކުން ފާހަގަކޮށްލެވޭ ފަދަ ކުރިއެރުން ހޯދާފައިވާ ފަރާތްތަކަށެވެ. އެ އިންސްޓިޓިއުޓްގެ ފަރާތުން މި ފަދަ ޝަރަފުތައް ދުނިޔޭގެ އެކި ގައުމު ތަކުގެ އެކި ފެންވަރުގެ ފަރާތްތަކަށް އަންނަނީ ދެމުންނެވެ.

އެ އިންސްޓިޓިއުޓްގެ ހަތް ވަނަ ގްލޯބަލް ކޮންގްރެސް ބާއްވާފައި ވަނީ ދިވެހިރާއްޖޭގެ ހޮޓެލް ޖެންގަ އެވެ.