ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް، އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރައްވާފައިވާ ހ. ހިކިފިނިފެންމާގެ އަހުމަދު ނަސީމް (ކެރަފާ ނަސީމް) ޕޮލިހަށް ހާޒިރުވާން 14 ދުވަހުގެ ނޯޓިސްއެއް ދީފި އެވެ.

ފުލުހުން ބުނީ ނަސީމްއަކީ ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހޯދަމުންދާ އެހެންނަމަވެސް ރާއްޖޭން ބޭރުގައި ހުރުމުގެ ސަބަބުން ފުލުސް އޮފީހަށް ހާޒިރު ކުރެވިިފައިނުވާ މީހެއް ކަމަށެވެ. އަދި ރާއްޖޭން ބޭރުގައި ހުރުމުން ފުލުހަށް ހާޒިރުވާން ޗިޓުވެސް ހަވާލު ނުކުރެވި ވާކަމަށް ފުލުހުން ބުންޏެވެ.

"އަޙްމަދު ނަސީމްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ތަޙްޤީޤަށް ކުރަންޖެހޭ ސުވާލުތައް ކުރުމަށާއި އަޙްމަދު ނަސީމްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވެ ދިފާޢުގައި ވާހަކަ ދެއްކުމުގެ ފުރުޞަތު ދިނުމުގެ ގޮތުން 13 އޯގަސްޓް 2016 ވަނަދުވަހުން ފެށިގެން 14 (ސާދަ) ދުވަސް ތެރޭ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޙާޟިރުވުމަށް އެންގުމަށްޓަކައި މި ނޫސް ބަޔާން މެދުވެރިކޮށް އާންމުކޮށް އަންގައި އިއުލާނުކުރަން"ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ފުލުހުން ބުނީ އެމުއްދަތުގެ ތެރޭގައި ހާޒިރުނުވެއްޖެ ނަމަ އަޅަންޖެހޭ ޤާނޫނީ އެހެނިހެން ފިޔަވަޅުތައް އަޅާނެ ކަމަށެވެ.