12 Aug 2016, 16:38
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ ދިރާގު ހަ ވަނަ އިންޓަ ޕްރީސްކޫލް ފުޓްބޯޅަ މުބާރާތް ފަށައިފި އެވެ.
ހެންވޭރު ބޯޅަ ދަނޑުގައި މިއަދު ހެނދުނު ފެށުނު އެ މުބާރާތުގެ ކުޅުން މާދަމާގެ ނިޔަލަށް ކުރިއަށްދާ އިރު، މިއަދު ހެނދުނު އެ މުބާރާތުގެ ދިހަ މެޗެއް ކުރިއަށްދިޔަ އެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ ދިރާގު ހަ ވަނަ އިންޓަ ޕްރީސްކޫލް ފުޓްބޯޅަ މުބާރާތުގެ ތެރެއިން --- ފޮޓޯ: ދިރާގު
މިއަދު ކުޅުނު ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ލިޓްލް ޖެމްސްގެ މައްޗަށް 4-3 ލަނޑުން އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ކުރި ހޯދި އިރު، ދެވަނަ މެޗުގައި އެންލައިޓަން ކިޑްސް އަތުން އަމީރު އަހްމަދު ޕްރީ ސްކޫލް މޮޅުވީ 5-0 ލަނޑުންނެވެ. ތިން ވަނަ މެޗުގައި ދޮންދޫނި ޕްރީސްކޫލް އަތުން 1-0 ލަނޑުން ކިންގަރޫ ކިޑްސް ޕްރީސްކޫލް ކުރި ހޯދިއިރު، ހަތަރު ވަނަ މެޗުގައި ޝެއިޚް އަބްދުލް ރަޝީދު ޕްރީސްކޫލް އަތުން އެކްސެލް އިންޓަނޭޝަނަލް ސްކޫލް މޮޅުވީ 1-0 ލަނޑުންނެވެ.
އެ މުބާރާތުގެ ފަސް ވަނަ މެޗުގައި ބްރިޖް ލިޓަލް ޕްރީސްކޫލް އަތުން 5-0 ލަނޑުން މާފަންނު މަދަރުސާ މޮޅުވި އިރު، ހަ ވަނަ މެޗުގައި އެންލައިޓަން ކިޑްސް އަތުން ލިޓަލް ޖެމްސް ޕްރީ ސްކޫލް މޮޅުވީ 3-0 ލަނޑުންނެވެ. ހަތް ވަނަ މެޗުގައި އަހްމަދިއްޔާ އަތުން 1-0 ލަނޑުން އަމީރު އަހްމަދު މޮޅުވި އިރު، އަށް ވަނަ މެޗުގައި ޕެނަލްޓީ ޖަހައިގެން ކިންޑާ ޕްރީ ސްކޫލް އަތުން ދޮންދޫނި ޕްރީސްކޫލް މޮޅުވީ 5-4 ލަނޑުންނެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ ދިރާގު ހަ ވަނަ އިންޓަ ޕްރީސްކޫލް ފުޓްބޯޅަ މުބާރާތުގެ ތެރެއިން --- ފޮޓޯ: ދިރާގު
އެ މުބާރާތުގެ ނުވަ ވަނަ މެޗުގައި އެކްސަލް އިންޓަނޭޝަނަލް ސްކޫލް އަތުން 1-0 ލަނޑުން ގަލޮޅު މަދަރުސާ މޮޅުވި އިރު، ދިހަ ވަނަ މެޗުގައި ބްރިޖް ލިޓްލް ޕްރީސްކޫލް އަތުން ފަލާހު ޕްރީ ސްކޫލް މޮޅުވީ 2-0 ލަނޑުންނެވެ.
ތޭރަ ޓީމާއެކު ކުރިއަށްދާ އެ މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައް މިއަދު ނިމިގެންދާނެ އެވެ. ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމާކު ފައިނަލް ބުރުގެ ކުޅުން މާދަމާ ކުރިއަށްދާނެ އެވެ.