12 Aug 2016, 17:52
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ ހަތަރު ވަނަ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގައި 15 ޓީމެއް ބައިވެރިވެއްޖެ އެވެ.
އެމްޕީބީއޭ އިން ބުނީ، މުބާރާތުގައި ވާދަކުރާ 15 ޓީމަކީ މުބާރާތުގައި ބައިވެރިވާން ދީފައިވާ މުއްދަތުގެ ތެރޭގައި ބައިވެރިވެފައިވާ ޓީމުތައް ކަމަށެވެ.
އެ މުބާރާތުގައި ބައިވެރިވެފައިވާ 15 ޓީމަކީ މޯލްޑިވްސް ކަސްޓަމްސް ސާވިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، ދިރާގު، ޓްރާންސް މޯލްޑިވްސް އެއާވޭސް، ޕަބްލިކް މީޑިއާ ސާވިސް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ރައީސް އޮފީސް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، މޯލްޑިވިއަން، މޯލްޑިވްސް ޕޮލިސް ސާވިސް، އިމިގްރޭޝަން އެންޑް އެމިގްރޭޝަން، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ޓީމް ވިލާ އެވެ.
އިންޓަ އޮފީސް ބިލިއާޑް މުބާރާތް މި މަހުގެ 18 އިން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އިރު، އެ މުބާރާތުގެ ގުރުނެގުން އޮންނަ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް އެމްޕީބީއޭ އިން ބުނެ އެވެ.