12 Aug 2016, 12:29
ވ. ފެލިދޫން ގެއްލުނު ދުވަސްވީ މީހާ ހޯދާތާ 48 ގަޑިއިރު ވެފައިވާއިރު އަދިވެސް އޭނާ ނުފެންނަ ކަމަށް އެރަށު ކައުންސިލްއިން ބުނެފިއެވެ.
މިދިޔަ ބުދަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަނީ ވ. ފެލިދޫ ލައިނޫފަރުމާގޭ، އުމުރުން 76 އަހަރުގެ އަހްމަދު ހަސަން އެވެ. އޭނާ އަޅައިގެން އުޅޭ އައިނު މޫދުން ފެނިފައިވާއިރު އޭނާ ފައިވާންވެސް ވަނީ މޫދު ކައިރިން ފެނިފައެވެ.
ފެލިދޫ ކައުންސިލްގެ ރައީސް ހަސަން އަލީ މިއަދު ސަން އަށް ވިދާޅުވީ ގެއްލުނު މީހާ ހޯދުމަށް އެރަށް ވަށައިގެންވާ މޫދާއި ކައިރި ފަޅުތައްވެސް ބަލާފައިވާ ކަމަށާއި ނަމަވެސް އޭނާ ނުފެންނަ ކަމަށެވެ.
"ފަޅުތަކާއި ފަޅުތައް ކައިރިވެސް އެއްކޮށް ޑައިވްކޮށް ބަލައިފިން، ވީ މޫދުގައިކަން ވަރަށް ބޮޑަށް ޔަގީން." ކައުންސިލް ރައީސް ވިދާޅުވިއެވެ.
ހަސަން ވިދާޅުވި ގޮތުގައި ގެއްލިގެން ހޯދަމުންދާ އަހުމަދު ހަސަން އަކީ އެހާބަލި މީހެއްނޫނެވެ. އާންމުކޮށް މޫދަށް ގޮހެއް ވެސް ނޫޅެ އެވެ. ބޮޑަށް ބެލެވެނީ ކުޑަކަމު ދިއުމަށް މޫދު ކައިރިއަށް ދިޔައީ ކަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ.
އަހުމަދުގެ ހަތް ދަރިންނާއި އަތް ބަކު ދުނިޔޭގައި ތިބިއިރު ގިނަ އަދަދެއްގެ ކާފަ ދަރިންނާއި މުނިކާފަ ދަރިން އެބަތިއްބެވެ.