11 Aug 2016, 15:36
އެއްގަމު އުޅަނދު ފަހަރުގެ ލައިސަންސް ނެގުމަށް މީގެކުރިން ބޭނުން ކުރަމުންދިޔަ ސުނާމީ ބިނާ މައިޒާން ސަރަހައްދު ބަންދުކޮށް ލައިސަންސް ނެގުމަށް ކާނިވާ ސަރަހައްދު ތައްޔާރު ކުރަން ފަށައިފި އެވެ.
ލައިސަންސް ނެގުން ވަގުތީ ގޮތުން މެދު ކަނޑާލުމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ ލައިސަންސް ނެގުމަށް ކާނިވާ ސަރަހައްދު މިހާރު ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސުނާމީ ބިނާ މައިޒާން ސަރަހައްދުގައި ލައިސަންސް ނެގުމުގެ މަސައްކަތް ކުރުން ހުއްޓާލީ އެ ސަރަހައްދު ރައްކާތެރި ނޫންވީމަ ކަމަށް ނާޒިފު ވިދާޅުވި އެވެ.
"މިހާރު އެ ސަރަހައްދުގައި އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް ހަދަމުންދާތީ ބޮޑެތި ލޮރީ އެއްޗިހި ދުއްވާ ހަދާ. އެހެންކަމުން އެސަރަހައްދު އެހާ ރައްކާތެރިއެއް ނޫން" ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވި އެވެ.
މިހާރު ކާނިވާ ސަރަހައްދު ލައިސަންސް ނެގުމަށް ތައްޔާރުކުރަމުން ދާ ކަމަށާއި ފެށޭ ހަފްތާގައި އަނެއްކާވެސް ލައިސަންސް ޓެސްޓް ނަގަން ފެށޭވަރުވާނެ ކަމެށް ނާފިޒު ވިދާޅުވިއެވެ.
ދުރު މުސްތަގުބަލެއްގައި ހުޅުމާލެއަށް ލައިސަންސް ނެގުމުގެ ހުރިހާ ކަމެއް ބަދަލު ކުރުމުގެ ޕްލޭނެއް ޓްރާންސްޕޯޓް އޮތޯރިޓީން ގެންގުޅެ އެވެ.