28 May 2011, 00:47
ސްރީލަންކާގައި ފާހަގަކުރަމުންދާ، އެ ޤައުމުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސައަށް ތަހްނިޔާ ފޮނުއްވައިފި އެވެ.
ރައީސް ނަޝީދުގެ ތަހުނިޔާގެ މެސެޖްގައި، ސްރީލަންކާގައި މފާހަގަ ކުރަމުންދާ އެ ޤައުމުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ސްރީލަންކާ ސަރުކާރަށާއި، ރައްޔިތުންނަށާއި، ރައީސް ރާޖަޕަކްސައަށް ތަހްނިޔާ ވިދާޅުވެފައިވެ އެވެ.
ސްރީލަންކާގެ ނަޞްރުގެ ދުވަހަކީ، އެ ޤައުމުގައި ހިނގި، ގިނަ ދުވަސްތަކަކަށް ދެމިގެންދިޔަ، ދާޚިލީ ހަނގުރާމައިގެ ނިމުން ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ފާހަގަ ކުރާ ދުވަހެކެވެ. އެއީ މޭމަހުގެ 27 ދުވަހެވެ.