"ހއ. ދިއްދޫގެ އެމްޑީޕީ ޖަގަހަ ތެރެއިން މަސްތުވާތަކެތި ބޭނުންކުރަން ތިބި ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފި" މި ސުރުހީގެ ދަށުން ސަން އޮންލައިނުން އިއްޔެ ގެނެސްދިން ހަބަރުގައި ދިއްދޫން ހައްޔަރު ކުރި ދެ މީހުންނަކީ އެ ރަށުގައި ހުންނަ އެމްޑީޕީގެ ޖަގަހައެއް ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރަން ތިބި ކަމަށް ތުހުމަތު ކުރެވުނު ދެ މީހުން ކަމަށް ލިޔެފައި ވަނީ ދިއްދޫ މައުލޫމާތުން ދިން ފަރާތްތަކުން އެގޮތަށް މައުލޫމާތު ދީފައިވާތީ އާއި އެ ހާދިސާއާ ގުޅިގެން ފުލުހުން މައުލޫމާތު ދިން އިރު އެކަން ދޮގުކޮށްފައި ނުވާތީ އެވެ. ނަމަވެސް ދެ މީހުން ހައްޔަރުކޮށްފައި ވަނީ ރަށު ތެރެއިން ކަމަށާއި އެއްވެސް އިމާރާތެއްގެ ތެރެއިން ނޫން ކަމަށް ފުލުހުން ފަހުން ބުނެފައިވާތީ ކުރިން ޝާއިއު ކުރި ހަބަރު އިސްލާހުކޮށް، ނޫހުގައި ޖެހުނު ކުށަށް ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ.