10 Aug 2016, 22:49
ފޮޓޯ ކޮޕީ ނެގުމާއި ޕްރިންޓިންގެ ދާއިރާގައި ރާއްޖޭގަައި އެންމެ ކުރިއަރާފައިވާ އެއް ކުންފުނި، ކޮޕިއާ ޕްލަސް އިން ރާއްޖޭގެ މާކެޓަށް އާ ދެ ޕްރިންޓަރެއް ތައާރަފްކޮށްފި އެވެ.
ޗަމްޕާ ހޮޓެލްސްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ތައާރަފްކޮށްފައި ވަނީ އެޗްއެލް-އެލް6400 ގެ ޕްރިންޓަރަކާއި އެމްއެފްސީ-އެލް6900 ގެ ފޮޓޯކޮޕީ މެޝިނެކެވެ. އެއީ "ބްރަދާ" ބްރޭންޑުގެ ދެ އުފެއްދުމެވެ.
ރާއްޖެއަށް އަލަށް ތައާރަފްކުރި އެ ދެ ޕްރިންޓަރަކީ ރާއްޖޭގައި މިހާރު އާންމުކޮށް ގެންގުޅޭ ކުލަ ޕްރިންޓަރުތަކަށް ވުރެ މަސައްކަތަށް އަވަސް އަދި ބޭނުންކޮށްލަން ފަސޭހަ ދެ ޕްރިންޓަރެކެވެ. އެގޮތުން އެ ދެ ޕްރޮޑަކްޓުގައި ވެސް ހާއްސަ ފީޗާތަކެއް އެކުލެވެ އެވެ.

ކޮޕިއާ ޕްލަސް އިން މިރޭ ތައާރަފްކުރި އެޗްއެލް-އެލް6400 ޕްރިންޓަރު ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
އެގޮތުން އެޗްއެލް-އެލް6400 ގެ ޕްރިންޓަރުގެ ހާއްސަ ސިފަތަކުގެ ތެރޭގައި އެ ޕްރިންޓަރު އެއްފަހަރާ ހަތަރު ޔޫސާސް އަށް ބޭނުންކުރެވޭނެ އެވެ. އޭގެ ސަބަބުން އެއް ޕްރިންޓަރު ހަތަރު ކޮމްޕިއުޓަރަކަށް ގުޅައިގެން، ސްޕީޑަށް އެއްވެސް ބަދަލެއް ނައިސް ބޭނުން ކުރުމުގެ ގާބިލުކަން ލިބެއެވެ. އެގޮތުން ހަތަރު ޔޫސާ އަށް ހަތަރު ޕޭޕާ ޓްރޭ އެ ޕްރިންޓަރުގައި ވަނީ ހިމަނާފަ އެވެ. އެ އިން ކޮންމެ ޓްރޭއަކަށް 500 ގަނޑު އެއްފަހަރާ ލޯޑްކުރެވޭނެ އެވެ.
ޕްރިންޓަރުގެ ސްޕީޑަށް ބަލާއިރު، ދެ ފުށަށް ޕްރިންޓް ކުރިޔަސް ނުވަތަ އެއް ފުށަށް ޕްރިންޓް ކުރިޔަސް މިނިޓެއްގެ ތެރޭގައި 50 ޕޭޖް ޕްރިންޓް ކުރުމުގެ ގާބިލުކަން އެ ޕްރިންޓަރުގައިވެ އެވެ. ހަރަދަށް ބަލާއިރުވެސް އެއީ މާކެޓްގައި އާންމުކޮށް ގެންގުޅޭ ޕްރިންޓަރު ތަކަށްވުރެ ހަރަދު ކުޑަ ޕްރިންޓަރެކެވެ.

ކޮޕިއާ ޕްލަސް އިން މިރޭ ތައާރަފްކުރި އެޗްއެލް-އެލް6400 ޕްރިންޓަރު ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
އެމްއެފްސީ-އެލް6900 ޑީ ޑަބްލިއު ކޮޕީ މެޝިނަށް ބަލާލާއިރު، އެ މެޝިނަކީ ވަކި ބަޔަކަށް ބޭނުން ކުރެވޭ ގޮތަށް ސެކިއުރިޓީ ސެޓުކުރެވޭ މެޝިނެކެވެ.
އޭގެ ސަބަބުން އޮފީހުގައި އުޅެ ވަކި ސްޓާފުން ތަކަކަށް އެސެސް ކާޑެއްފަދަ އެއްޗެއް މެދުވެރިކޮށް މި މެޝިން ބޭނުންކުރެވޭނެ ގޮތް ހަދާލެވޭނެ އެވެ.
ކޮޕިއާ ޕްލަސް އިން އަންނަނީ މިހާރުވެސް ބްރަދާ ބްރޭންޑުގެ ތިން ޕްރޮޑަކްޓެއް ރާއްޖޭގައި ވިއްކަމުންނެވެ.

ކޮޕިއާ ޕްލަސް އިން މިރޭ ތައާރަފްކުރި ދެ މެޝިނާއި އޭގެ ކުރިން ވިއްކި ތިން އުފެއްދުން ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
އެ ކުންފުނިން މިރޭ އަލަށް ތައާރަފް ކުރި ދެ ޕްރޮޑަކްޓަކީ ވެސް ވަޔަލެސްކޮށް އަދި އެންއެފްސީކޮށް ވެސް ބޭނުންކުރެވޭނެ ދެ ޕްރޮޑްކްޓެވެ.