ސަލްމާން ޚާން އަދި އަނުޝްކާ ޝަރުމާ އެކުގައި ފެނިގެންދާ ފިލްމު "ސުލްތާން" އަށް 300 ކުރޯޑު ރުޕީޒްގެ އާމްދަނީ އެއް ލިބިއްޖެއެވެ.

ފިލްމު ރިލީޒް ކުރިތާ ފަސް ހަފްތާ ވެފައިވާ އިރު، "ސުލްތާން" ވެގެން ގޮސްފައި ވަނީ 300 ކުރޯޑުގެ އާމްދަނީ އެއް ލިބުނު ތިން ވަނަ ފިލްމަށެވެ. މިހާތަނަށް 300 ކުރޯޑަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޖުމްލަ ތިން ފިލްމަށެވެ. އޭގެ ތެރޭގައި ސަލްމާންގެ ދެ ފިލްމު ހިމެނެ އެވެ. އެއީ "ސުލްތާން" އަދި "ބަޖްރަންގީ ބައިޖާން" އެވެ.

ތިން ސަތޭކަ ކުރޯޑު ރުޕީޒް ހޯދި ފިލްމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އާމިރު ޚާން އަދި އަނުޝްކާ ޝަރްމާގެ ފިލްމު "ޕީކޭ" އެވެ.

"ސުލްތާން" އިން 300 ކުރޯޑުގެ އާމްދަނީއެއް ހޯދާފައި މި ވަނީ އެ ފިލްމުގެ ވިޔަފާރި ދަށްވެ، އެ ފިލްމަށް 300 ކްރޯޑުގެ އާމްދަނީ އެއް ލިބިދާނެ ކަމާމެދު ޝައްކު އުފެދިފައި ވަނިކޮށެވެ.

"ސުލްތާން" އިން 300 ކުރޯޑުގެ އާމްދަނީ އެއް ހޯދި އިރު، ސަލްމާންގެ "ޓިއުބްލައިޓް" ގެ މަސައްކަތް ވެސް މިހާރު ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.