10 Aug 2016, 16:41
ބޭރޫތު(އޮގަސްޓް 10): ސީރިއާ ސަރުކާރުންނާއި އިދިކޮޅު ފަރާތްތަކުން އެގައުމުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ހަލަބުގެ ކޮންޓްރޯލު ހޯދުމަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް ސަޕްލައި ފެން ނުލިބޭ ކަމަށް ޔޫއެން އިން ބުނެފިއެވެ.
ފަހަކަށްއައިސް ސީރިއާ ސަރުކާރުން ވަނީ އިދިކޮޅު ފަރާތްތަކުން ހިފާފައިވާ ހަލަބުގެ ސަރަހަދުތަކަށްދޭ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައެވެ. އޭގެ ސަބަބުން ހަލަބަށް ފެން ޕަމްޕުކޮށްދޭ ކަރަންޓު ލައިންތައް ހަލާކުވެ، އެސިޓީއަށް ސަޕްލައި ފެން ނުލިބޭތާ ހަތަރު ދުވަސްވެފައިވާ ކަމަށް ޔުނިސެފުން ބުންޏެވެ.
"ފެން ކަނޑާލާފައި ވަނީ ވަރަށް ހޫނު ގަދަ ދުވަސްވަރެއްގައި. އެހެންކަމުން ތަޣައްޔަރުވެފައިވާ ފެނުގެ ސަބަބުން ޖެހޭ ބަލިތައް ކުޑަކުދިންނަށް ޖެހުމުގެ ނުރައްކާ ބޮޑު. ހަނގުރާމަ ނިމެންދެން ސާފު ފެން ހޯދަން މަޑު ނުކުރެވޭނެ،" ސީރިއާގައި ހުންނަވާ ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް، ހަނާ ސިންގާ ވިދާޅުވި އެވެ.
ޔޫއެން އިން ވަނީ ހަލަބުގެ ކަރަންޓާއި ފެން ލައިންތައް ރަނގަޅު ކުރެވެންދެން ހަނގުރާމަ މެދުކަނޑާލުމަށް އެދިފައެވެ.
ަީސީރިއާ ހަނގުރާމައަށް ފަސް އަހަރު ވެފައިވާ އިރު ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު 290،000 ށް އަރާ ކަމަށް ހަނގުރާމަ މޮނިޓާ ކުރާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ވަނީ ބުނެފައެވެ. (ބީބީސީ)