10 Aug 2016, 16:42
އިރާގުގެ ވެރިރަށް ބަގްދާދުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އަލަށް ވިހި 11 ކުއްޖަކު މަރުވެއްޖެ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ހެލްތު މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނީ، ބަގްދާދުގެ ހުޅަނގުގައި ހުންނަ ޔާމޫކް ހޮސްޕިޓަލުގެ މާބަނޑު މީހުންގެ ޑިޕާޓްމަންޓުގައި ރޭ ރޯވި އަލިފާންގަނޑުގެ ސަބަބުން ފިހިގެންނާއި ދުމުގެ އަސަރުކޮށްގެން 19 އަންހެނަކަށް ފަރުވާ ދިނުމަށް އެހެން ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އިތުރު މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ހާދިސާގެ ސަބަބުން ހަތް 29 އަންހެނުންނަށް ޒަހަމްވެފައިވެ އެވެ.
ހެލްތު މިނިސްޓްރީ އިން ބުނީ، ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުން އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ ކަރަންޓް ސޯޓެއް ވެގެންނެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އަދި ލިބިފައެއްނުވެ އެވެ.