10 Aug 2016, 00:45
ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާ ސަފީރު ކަމުގެ މަގާމަށް ކުރީގެ ވަޒީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އައްޔަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރައްޔިތުންގެ މަޖިލީހަށް އޭނާގެ ނަންފޮނުވައިފި އެވެ.
އެ މަގާމަށް މުންދުގެ ނަން ފޮނުއްވާފައިވާ އިރު، މިހާރު ޖަޕާނު ސަފީރު ކަމުގައި ހުންނެވީ އަހްމަދު ހަލީލެވެ. ނަމަވެސް އޭނާގެ މަގާމުގެ މުއްދަތު ވަނީ ހަމަވެފަ އެވެ.
މުންދު އަކީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި އޭގެފަހުން މި ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން އޭނާ ވަނީ ކުރައްވާފައެވެ.
މުންދު އެންމެ ފަހުން ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު އެވެ.