09 Aug 2016, 16:39
މަނިޕޫރު(އޮގަސްޓް 9): އިންޑިއާގެ މަނިޕޫރުގައި އަސްކަރިއްޔާއަށް ހާއްސަ ބާރުތަކެއް ދީފައިވާ ގާނޫނެއް އުވާލުމަށް ގޮވާލައި 2000 ވަނަ އަހަރުން ފެށިގެން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުން އައި އިރޮމް ޝަރުމީލާ އޭނާގެ ހަޅުތާލު މިއަދު ނިންމާލައިފިއެވެ.
ދެހާސްވަނަ އަހަރު އިންޑިއާގެ އަސްކަރިއްޔާއަށް ނިސްބަތްވާ ބަޔަކު މަނިޕޫރުގެ 10 އާއްމުން މަރާލި މަންޒަރު ފެނުމުގެ ސަބަބުން ކެއުމަށާއި ފެން ބުއިމަށް ދެކޮޅު ހެދުމުގެ ސަބަބުން ފުލުހުން ވާނީ އޭނާ އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުގެ ކުށުގައި ހައްޔަރުކޮށްފައެވެ.
އަދި ޝަރުމީލާގެ ސިއްހީ ހާލަތު ދަށްވަމުން ދިޔުމުގެ ސަބަބުން ފާއިތުވި 16 އަހަރު ފުލުހުން ވަނީ އޭނާގެ ނޭވާއަށް ގުޅާފައި ހުންނަ ހޮޅިއަކުން ގަދަކަމުން ދިޔާ ކާނާ ދީފައެވެ.
ޝަރުމީލާ ބުނި ގޮތުގައި އޭނާގެ ހަޅުތާލު ހުއްޓާލުމަށް ނިންމީ ކައިވެނިކޮށް، އާދައިގެ ދިރިއުޅުމެއް ފެށުމަށެވެ. އަދި އޭނާ ވަނީ ސިޔާސީ ދާއިރާއަށް ވަދެ، ފުލުހުންނަށް ހާއްސަ ބާރުތައްދޭ ގާނޫނާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ. (ބީބީސީ)