ސަރުކާރުގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހުޅުމާލޭގައި 1500 ހައުސިން ޔުނިޓް އެޅުމަށް ނިންމައިފިއެވެ.

ރައީސް އޮފީހުން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ އެފުލެޓުތައް ދިނުމަށް ނިންމާފައިވަނީ ސަރުކާރުގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކަކަށް ކަމަށެވެ.

"މި މަޝްރޫއަކީ، ސަރުކާރުން ސޯޝަލް ހައުސިން މަޝްރޫއުތައް ކުރިއަށް ގެންދެވުމަށް ނިންމާފައިވާ އުސޫލާއެއްގޮތުގެމަތިން، ސަރުކާރުގެ އެކި ދާއިރާތަކުގަައި ހިދުމަތްކުރާ ތަފާތު ޕްރޮފެޝަންގެ ބޭފުޅުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދެވުމަށް ނިންމަވާފައިވާ މަޝްރޫއެއް" ރައީސް އޮފީހުން ބުންޏެވެ.

އާންމުންނަށް ބޯހިޔާވަހިކަން ދިނުމަށް ހުޅުމާލޭގައި 15000 ހައުސިން ޔުނިޓް އެޅުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެންވެސް ދަނީ ފުލެޓުތައް އަޅަމުންނެވެ.