09 Aug 2016, 14:18
އާންމުންނަށާއި މީޑިއާތަކަށް ހިޔާލުފާޅު ކުރުން ހަނިކުރާގޮތަށް ހުށަހަޅައި މަޖިލީހުން މިއަދު ފާސްކުރި ބިލާ ދެކޮޅަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާ އެކު ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ހަތަރު މެމްބަރުން ވޯޓު ދީފި އެވެ.
ސަރުކާރަށް ނިސްބަތްވާ ޖައުފަރު ދާއޫދު ހުށައަޅާފައިވާ އެ ބިލް ފާސް ކުރުމަށް ތުރީ ލައިން ވިޕެއް ނެރެފައިވަނިކޮށް އެއާ ދެކޮޅަށް ވޯޓް ދީފައި ވަނީ ޕީޕީއެމް މެމްބަރު ފާރިސް މައުމޫން އާއި މުހައްމަދު ނަޝީދު އާއި މުހައްމަދު މުސްތަފާ އެވެ.
ސަރުކާރު ކޯލިޝަންގެ އެމްޑީއޭގެ މެމްބަރު ހުސައިން އަރީފް ވެސް ވަނީ އެ ބިލް ފާސް ކުރަން ނުފެންނަ ކަމަށް ވޯޓުދީފަ އެވެ.
އެ ބިލާ ދެކޮޅަށް ރީކޯ މޫސާ މަނިކު ފިޔަވައި އެމްޑީޕީގެ ހުރިހާ މެމްބަރުން ވޯޓް ދިންއިރު އަދާލަތު ޕާޓީގެ އަނާރާ ނައީމު ވެސް ވަނީ އެ ބިލް ފާސް ކުރުމާ ދެކޮޅަށް ވޯޓު ދެއްވި އެވެ.
ޖުމްހޫރީ ޕާޓީގެ މެމްބަރުގެ ތެރެއިން އިލްހާމް އަހުމަދު ފިޔަވާ ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ތެރެއިން ޖަލްސާއަށް ވަޑައިގެން ހުރިހާ މެމްބަރުން ވަނީ ބިލާ ދެކޮޅަށް ވޯޓު ދެއްވާފަ އެވެ.
އެ ބިލު ފާސްކުރީ 47 މެމްބަރުންގެ ވޯޓުން ނެވެ. ބިލާ ފާސްކުރުމާ ދެކޮޅަށް 31 މެމްބަރުން ވޯޓު ދެއްވި އެވެ.
ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވޯޓް ދީ ފާސްކުރި އެބިލުގައި ބުނެފައިވާ ގޮތުގައި ހަބަރެއް ރައްދުވާ ފަރާތުން އެ ހަބަރެއް ބްރޯޑްކާސްޓުކުރި ފަހުން ނުވަތަ ޝާއިއުކުރިފަހުން ރައްދެއް ޝާއިއުކުރަން ނުވަތަ ބްރޯޑްކާސްޓުކުރަން ބޭނުންވާ ނަމަ އެއްވެސް އަގެއް ނުވަތަ ފީއެއް ނެގުމަކާއި ނުލާ އެ ހަބަރެއް ޝާއިއު ނުވަތަ ބްރޯޑްކާސްޓު ކުރަންވާނެ އެވެ.
ބިލުގައި ބުނެފައި ވަނީ އަބުރާ ބެހެވޭ ފަދަ ޒާތުގެ ކޮންޓެންޓެއް ވަގުތުން ގެނެސްދޭ އިވެންޓެއްގައި ހިމެނިއްޖެ ނަމަ ލައިވް ފީޑު ހުއްޓާލަން އަބުރާ ބެހެވުނު ފަރާތުން ކަމާ ބެހޭ ދައުލަތުގެ މުއައްސަސާ އަށް އެންގުމުން ވެސް ލައިވް ފީޑު ކަނޑާ ނުލައިފި ނަމަ ކަމާ ގުޅޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ މީޑިއާ އަކަށް ފިޔަވަޅު އަޅަންވާނެ ކަމަށެވެ.
ބިލުގައި މިހާރު ބުނެފައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހިޔާލެއް އާންމު ރައްޔިތަކު ކޮށްފި ނަމަ ޖޫރިމަނާ ކުރެވޭނީ 25،000 ރުފިޔާ އާއި 2،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ކަމަށެވެ. ކުރިން އެ މާއްދާގައި ޖޫރިމަނާއެއްގެ ގޮތުގައި ބުނެފައި ވަނީ 50،000 ރުފިޔާއާއި 2،000،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
ބިލާއި ދެކޮޅަށް މެމްބަރުން:
އަބްދުލް ބާރީ އަބްދުﷲ
އަބްދުލް ގަފޫރު މޫސާ
އަބްދުﷲ ރިޔާޒު
އަބްދުﷲ ޝާހިދު
އަހުމަދު ފާރިސް މައުމޫން
އަހުމަދު އަރުޒޫގް
އަހުމަދު ނާޝިދު
އަލީ އާޒިމް
އަލީ ހުސެއިން
އަލީ ނިޒާރު
އަނާރާ ނައީމް
އީވާ އަބްދުﷲ
ފައިސަލް ނަސީމް
ފައްޔާޒު އިސްމާއިލް
ހުސެއިން އަރީފް
ހުސެއިން މުހައްމަދު
އިބްރާހިމް މުހައްމަދު ދީދީ
އިބްރާހިމް މުހައްމަދު ސޯލިހް
އިބްރާހިމް ހަސަން
އިބްރާހިމް ނަސީރު
އިބްރާހިމް ޝަރީފް
އިމްތިޔާޒު ފަހުމީ
މާރިޔާ އަހުމަދު ދީދީ
މުހައްމަދު އަބްދުލް ކަރީމް
މުހައްމަދު އަސްލަމް
މުހައްމަދު ފަލާހް
މުހައްމަދު މުސްތަފާ
މުހައްމަދު ނަޝީދު
މުހައްމަދު ނާޒިމް
މުހައްމަދު ރަޝީދު ހުސެއިން
ރޮޒައިނާ އާދަމް
ބިލް ފާސްކުރަން ވޯޓް ދިން މެމްބަރުން:
އަބްދުލް ލަތީފް މުހައްމަދު
އަބްދުލް ރަހީމް އަބްދުﷲ
އަބްދުﷲ އަހުމަދު
އަބްދުﷲ ހަލީލް
އަބްދުﷲ ރިފާއު
އަބްދުﷲ ޝިނާން
އަބްދުﷲ ޔާމީން
އަހުމަދު އައްސަދު
އަހުމަދު އަޒްހާން ފަހުމީ
އަހުމަދު މުބީން
އަހުމަދު ނިހާން ހުސެއިން މަނިކު
އަހުމަދު ރަޝީދު
އަހުމަދު ޝިޔާމް
އަހުމަދު ސިޔާމް މުހައްމަދު
އަހުމަދު ތޯރިގް
އަލީ އާރިފް
އަލީ ފަޒާދު
އަލީ މައުރޫފް
އަލީ މުހައްމަދު
އަލީ ސަލީމް
އަލީ ޝާހް
އަސްމާ ރަޝީދު
ހުސެއިން މުފީދު އަބްދުލް ގާދީ
ހުސެއިން މަނިކު ދޮން މަނިކު
ހުސެއިން މުހައްމަދު ލަތީފް
ހުސެއިން ޝަހުދީ
އިބްރާހިމް ދީދީ
އިބްރާހިމް ފަލާހް
އިބްރާހިމް ރިޒާ
އިބްރާހިމް ސުޖާއު
އިލްހާމް އަހުމަދު
ޖަމީލް އުސްމާން
ޖައުފަރު ދާއޫދު
މުހައްމަދު އަބްދުﷲ
މުހައްމަދު އަލީ
މުހައްމަދު ހުސެއިން
މުހައްމަދު އިސްމާއިލް
މުހައްމަދު ޝާހިދު
މުހައްމަދު ވަހީދު އިބްރާހިމް
މޫސާ މަނިކު
މުއާޒު މުހައްމަދު ރަޝީދު
ރިޔާޒު ރަޝީދު
ސައުދު ހުސެއިން
ސައުދުﷲ ހިލްމީ
އުމަރު ހުސެއިން
އަހުމަދު އާމިރު
އަހުމަދު ރަޝީދު އިބުރާހިމް