09 Aug 2016, 08:37
ދިރާގު ހަ ވަނަ އިންޓަރ ޕްރީސްކޫލް ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ނަގައި މުބާރާތް އަންނަ ހުކުރު ދުވުހު ފަށަން ނިންމައިފިއެވެ.
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ގުރު ލުމުގެ ރަސްމިއްޔާތު ރޭ އެ ސްކޫލްގައި ބޭއްވި އިރު 13 ޓީމް ވަނީ ތިން ގްރޫޕަކަށް ބަހާލާފައެވެ.

ދިރާގް ހަ ވަނަ އިންޓަރ ޕްރީސްކޫލް ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
ގުރޫޕްއޭގައި ހިމެނެނީ ލިޓުލް ޖެމްސް ޕްރީ ސްކޫލާއި އެންލައިޓެން ކިޑްސް އާއި އަމީރު އަހުމަދު ޕްރީ ސްކޫލްގެ އިތުރުން އަހްމަދިއްޔާ ޕްރީ ސްކޫލްއެވެ.
ގުރޫޕްބީގައި ހިމެނެނީ ކިންޑަރ ޕްރީ ސްކޫލާއި ކެންގަރޫ ކިޑްސް ޕްރީ ސްކޫލް އަދި ދޮންދޫނި ޕްރީ ސްކޫލް އެވެ.

ދިރާގް ހަ ވަނަ އިންޓަރ ޕްރީސްކޫލް ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
ގުރޫޕްސީގައި ހިމެނެނީ ގަލޮޅު މަދަރުސާ އާއި ޝެއިޚް އަބްދުއްރަޝީދު ޕްރީ ސްކޫލް އަދި އެކްސެލް އިންޓްނޭޝަނަލް ސްކޫލް އެވެ.
ގްރޫޕްޑީގައި ހިމެނެނީ ފަލާހް ޕްރީ ސްކޫލާއި މާފަންނު މަދަރުސާގެ އިތުރުން ބްރިޖް ލިޓުލް ލާނާރސް ޕްރީ ސްކޫލް އެވެ.

ދިރާގް ހަ ވަނަ އިންޓަރ ޕްރީސްކޫލް ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
ދެދުވަހުގެ ނިޔަލަށް ހެންވޭރު ދަނޑުގައި ކުރިއަށްދާ އެ މުބާރާތުގައި ހުކުރު ދުވަހު ކުރިއަށްދާނީ ގްރޫޕް ސްޓޭޖްގެ މެޗުތަކެވެ. ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމާއި އެކު ފައިނަލް ރައުންޑްގެ ކުޅުން ކުރިއަށްދާނީ ހޮނިހިރު ދުވަހުއެވެ.