ރެއިންބޯ ރަމަޒާން ސޭލް 2016ގެ ގުރުއަތުލުން ކުރިޔަށް ގެންގޮސް ނަސީބުވެރިން ހޮވައި އެ ފަރާތްތަކަށް އިނާމުތައް ހަވާލުކޮށްފި އެވެ.

ރެއިންބޯ ރަމަޒާން ސޭލަކީ ކޮންމެ އަހަރަކު ވެސް ރެއިންބޯ އިން ކުރިޔަށް ގެންދާ ޚާއްސަ ސޭލެކެވެ. މި އަހަރުގެ ސޭލްގައި ރެއިންބޯ އިން ވިޔަފާރިކޮށްގެން ބައިވެރިވެވޭ ގުރުއަތުން ހޮވޭ ފަރާތްތަކަށް ވަރަށް އަގުހުރި އިނާމުތަކެއް ހުށަހަޅާފައިވެ އެވެ.

ދެވަނަ އިނާމަކަށް ލިބޭ ސެމްސަންގް ކާވްޑް ޓީވީ ލިބުނު ފަރާތަށް އިނާމު ހަވާލުކުރަނީ --- ފޮޓޯ/ ރެއިންބޯ

އެގޮތުން، އެއްވަނަ އަށް ދާ ފަރާތަކަށް ޕީސީއެކްސް ސައިކަލެއް، ދެވަނައަށް ދާ ފަރާތަކަށް 55 އިންޗީގެ ސެމްސަންގް ކާވް ޓީވީއެއް އަދި ތިން ވަނަ އަށް ދާ ފަރާތަކަށް ސެމްސަންގް ގެލެކްސީ އެސް7 އެޖް ފޯނެއް ހުށަހަޅާފައިވެ އެވެ.

އެއް ވަނަ އިނާމަކަށް ލިބޭ ޕީސީއެކްސް ސައިކަލު ލިބުނު ނަސީބުވެރިއަކީ މއ. ބަގީޗާގެ، އަރީޝް (ކޫޕަން 36469) އެވެ.

ތިންވަނަ އަށް ހުށަހަޅާފައިވާ ސެމްސަންގް ގެލެކްސީ އެސް7 އެޖް ފޯނު ލިބުނު ފަރާތަށް އިނާމު ހަވާލުކުރަނީ --- ފޮޓޯ/ ރެއިންބޯ

ދެވަނަ އިނާމުކަމުގައިވާ 55 އިންޗީގެ ސެމްސަންގް ކާވްޑް ޓީވީ ލިބުނީ ހ. އާދޫ، މުހައްމަދު ނަދީމް (ކޫޕަން 37813) އަށެވެ. އަދި ތިންވަނަ އިނާމުކަމުގައިވާ ސެމްސަންގް ގެލެކްސީ އެސް7 އެޖް ފޯނު ލިބުނީ ހ. އަގި އިސްމާއިލް ޒާހިރު (ކޫޕަން 23559) އަށެވެ.