08 Aug 2016, 14:32
އެއްމެދު އިމާރާތް ނުވަތަ ފުލެޓެއް ގަންނަ ފަރާތްތަކުން ދައްކަންޖެހޭ 15 ޕަސެންޓް ޓެކްސްގެ ތެރެއިން އަލަށް ފުލެޓް ގަންނަ ދިވެހީންނަށް ޓެކްސް މާފްކޮށްދޭން ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފި އެވެ.
އެ އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނެވެ.
އިސްލާހު ދިރާސާކުރި ގައުމީ ތަރައްގީ ކޮމެޓީން ނިންމީ ފުލެޓު ގަންނަ ކޮންމެ އުމުރެއްގެ ދިވެއްސަކުވެސް އޭނާ އަލަށް ގަންނަ ފުލެޓުން ދައްކަންޖެހޭ ޓެކްސް މައާފްވާގޮތަށެވެ.
ސަރުކާރުން ފޮނުވާފައިވާ އިރު ބުނެފައިވަނީ އަލަށް ފުލެޓު ގަންނަ މީހަކީ އުމުރުން 18 އަހަރު ވެފައިވާ މީހަކަށްވުމުން އެފުރުސަތު ލިބޭ ކަމަށެވެ.
ގިނަ އަދަދެއްގެ ފުލެޓުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޅަމުންދާއިރު ޓެކްސް އުނިކުރުމަށް ނިންމީ ސަރުކާރުގެ ގެވެހިކުރުމުގެ ސިޔާސަތަށް ހެޔޮ ބަދަލެއް ގެންނައުމަށް ކަމަށާއި ރާއްޖޭގެ ބިމާބެހޭ ގާނޫނަށް މި އިސްލާހު ގެނައުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ކުރަމުން ގެންދާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އަބްދުﷲ ޔާމީން އެގޮތަށް ނިންމެވީ، އެކަމާ ގުޅޭގޮތުން އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުގައި މަޝްވަރާކުރެއްވުމަށްފަހުގައި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.