08 Aug 2016, 12:28
ކުއެޓާ (އޮގަސްޓް 8): ޕާކިސްތާނުގެ ކުއެޓާގެ ހޮސްޕިޓަލެއްގައި މިއަދު ޖާނުން ފިދާވުމުގެ ހަމަލާއެއްދީ 30 މީހަކު މަރާލައިފި އެވެ.
އެހަމަލާ ދީފައި ވަނީ ހޮސްޕިޓަލުގެ އެމާޖެންސީ ވޯޑުގައި އޮތް ފަނޑިޔާރަކު މަރުވުމުގެ ހިތާމައިގައި ގިނަ އަދަދެއްގެ ފަނޑިޔާރުން ހޮސްޕިޓަލަށް އެއްވެފައި ވަނިކޮށް ކަމަށް ރިޕޯޓުތަކުގައިވެއެވެ.
ބަލޮޗިސްތާނު ޕްރޮވިންސުގެ ހޯމް މިނިސްޓަރު ސަރުފަރާޒު ބުގްތީ ވަނީ އެހަމަލާގައި އިތުރު 30 މީހަކަށް އަނިޔާވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
"ހަމަލާ ދީފައި ވަނީ މިއަދު ހެނދުނު ބަލޮޗިސްތާނު ބާ އެސޯސިއޭޝަނުގެ ރައީސަށް ހަމަލާދީ އަވަހާރަކޮށްލުމާ ގުޅިގެން ގިނަ އަދަދެއްގެ ވަކީލުންނާއި ބައެއް ނޫސްވެރިން ހޮސްޕިޓަލަށް އެއްވެފައި ވަނިކޮށް،" ބުގްތީ ވިދާޅުވި އެވެ.
ބަލޮޗިސްތާނު ބާ އެސޯސިއޭޝަނަކީ އެޕްރޮވިންސުގެ ވަކީލުންގެ ކަންތައްތައް ބަލަހައްޓާ ކައުންސިލެކެވެ. (އަލްޖަޒީރާ)