ކުރީގެ ލޯބިވެރިން ކަމުގައިވާ ސަލްމާން ޚާނާއި ކެޓްރީނާ ކައިފް އެކުގައި އިޝްތިހާރެއް ކުޅެން ތައްޔާރުވެއްޖެއެވެ. ދެ މީހުން ފެންނާނީ މެދުއިރުމަތީގައި މަޝްހޫރު "ސްޕްލޭޝް" ބްރޭންޑުގެ އިޝްތިހާރަކުންނެވެ.

މިއީ މީގެ ހަތަރު އަހަރު ކުރިން ނުކުތް "އެކް ތާ ޓައިގަރ" އަށް ފަހު ދެ މީހުން އެކުގައި، ކެމެރާގެ ކުރިމަތިން ފެންނަ ފުރަތަމަ ފަހަރެވެ.

"ސްޕްލޭޝް" ބްރޭންޑުގެ އިޝްތިހާރަކަށް ދެ މީހުން ތައްޔާރުވެފައި ވާއިރު، ކަބީރު ޚާންގެ "ޓިއުބްލައިޓް" ގެ ޝޫޓިން އަށް ސަލްމާން ލަދާކް އަށް ފުރުމުގެ ކުރިން އިޝްތިހާރުގެ މަސައްކަތް ނިންމާނެ ކަމަށް ހަބަރުތައް ބުނެއެވެ.

ދެ މީހުން އެކުގައި ފަސް ވަރަކަށް ފިލްމު ކުޅެފައި ވީނަމަވެސް، މިއީ އިޝްތިހާރެއްގައި ދެ މީހުން އެކުގައި ފެންނަ ފުރަތަމަ ފަހަރެވެ.

ސަލްމާން އަދި ކެޓްރީނާ އެކުގައި ކުޅެފައިވާ ފިލްމުތަކުގެ ތެރޭގަައި "އެކް ތާ ޓައިގަރ"، "ޔުވްރާޖް"، "ހެލޯ" އަދި "ޕާޓްނަރ" ހިމެނެއެވެ.