ފެކަލްޓީ އޮފް އެޑިއުކޭޝަން ގައި ކިޔަވަމުން ދިޔަ އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު އާއިލާ އަށް ފިލައިގެން އުޅެނިކޮށް ހަތަރު ދުވަސް ފަހުން ފުލުހުން އެކުއްޖާ ހޯދައިފި އެވެ.

ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ ގދ. މަޑަވެލި އުދަރެސް، ސަހާ ވަހީދު 17، އެވެ.

ފުލުހުން ބުނީ، އެކުއްޖާ ފެނިފައިވަނީ ތިމާގެ މީހެއްގެ ގެއަށް ދިޔަ ގަޑީގައި ކަމަށެވެ.

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ފަރާތުން ވާހަކަދެއްކެވި ހަސަން ހަމީދު މިއަދު ވިދާޅުވީ، އެ އަންހެން ކުއްޖާ މާލޭގައި ދިރިއުޅެމުންދިޔަ ގެއިން ނުކުމުގެން ގޮސްފައި ވަނީ ހޯމަ ދުވަހުގެރޭ 9:45 ހާއިރު ކަމަށާއި ނަމަވެސް ގެއިން ނުކުމެގެން އެކުއްޖާ ދިޔައީ ކީއްވެގެން ކަމެއް ނޭނގޭ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ކުއްޖާ ގެއިން ނިކުމެގެން ދަމުން އަންހެން ކުއްޖާ ހޯދަން މަސައްކަތް ނުކުރުމަށް ބުނެ އާއިލާގެ މީހަކަށް މެސެޖް ކޮށްފައިވާ ކަމަށެވެ.

"ތިމަންނަން އަށް ބައި މިސްޓޭކަކުން ހެދިފައި އޮތް ކަމެކޭ މިއީ އެހެންވީމަ ތިމަންނަ ހޯދަން ނޫޅޭށޭ ވަރަށް ބޮޑަށް ސޮރީއޭ،" އެ މެސެޖު ހަމީދު ނޫސްވެރިންނާ ހިއްސާކުރެއްވި އެވެ.

ހަމީދު ވިދާޅުވީ އެ އަންހެން ކުއްޖާ ކިޔަވަމުންދާ ފެކަލްޓީ އޮފް އެޑިއުކެޝަނަށް ކިޔަވަން ނުދާތާ ވެސް ހަތަރު ދުވަސް ވެފައިވާ ކަމަށެވެ.

ފުލުހުންނާ އާއިލާއިން 17 އަހަރުގެ ސަހާ ހޯދުމަށް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން އޭނާ ރާއްޖޭން ބޭރަށް ފުރައިގެން ދިޔަތޯ ވެސް ބަލާފައިވާ ކަމަށާއި ގެސްޓް ހައުސް ތަކާއި ރަށްރަށުގެ ޕޮލިސް ސްޓޭޝަން ތަކަށް އަންގައިގެން ވެސް ސަހާ ފެނޭތޯ ޗެކް ކޮށްފައިވާ ކަމަށް ހަމީދު ވިދާޅުވި އެވެ.