ޔުއެންޓަސްގެ ފްރާންސް މިޑްފީލްޑާ ޕައުލް ޕޮގްބާގެ ޔުނައިޓެޑަށް ގެނައުމަށް އޭނާގެ މެޑްކިލް ހެދުމަށް ތައްޔާރު ވެއްޖެއެވެ.

ޔުނައިޓެޑުން ހޭޝް ޓެގް 'ޕޮގްބެކް'ގެ ނަމުގައި އެ ކުލަބުގެ އޮފިޝަލް ސައިޓްގައި ބުނެފައި ވަނީ ޕޮގްބާ ގެނައުމަށް އޭނާގެ މެޑިކަލް ހެދުމުގެ ހުއްދަ ޔުއެންޓަސް އިން ދީފި ކަމަށާއި އޭނާގެ މެޑިކަލްގެ ހުރިހާ ކަމެއް ކުރިއަށް ދާނީ އޭއޯއެން ޓްރެއިނިން ކޮމްޕްލެކްސްގައި ކަމަށެވެ.

ޔުނައިޓެޑް ދޫކޮށް ހިލޭ ޓްރާންސްފާއެއްގައި ޔުވެންޓަސްއާ ޕޮގްބާ ގުޅުނީ 2012 ވަނަ އަހަރުގެ ޖުލައި މަހު ތިންވަނަ ދުވަހުއެވެ. އޭނާ ޔުނައިޓެޑު ދޫކޮށް ދިޔައީ އޭރު އެ ކްލަބާއެކު ވެފައިވާ އެއްބަސްވުން އާކުރުމަށް ކްލަބުން އެދި އެދި ތިއްބައެވެ. އެގޮތުން ޔުނައިޓެޑުން އޭރު ހުށަހެޅި ހުށަހެޅުންތަކުގައި ޕޮގްބާ ކޮޅުފައިން ޖަހައި، ޔުވެންޓަސްއަށް ދިއުމުން އޭރު ޔުނައިޓެޑްގެ ކޯޗް ކަމުގައި ހުރި ސާ އެލެކްސް ފާގަސަން ވަނީ، "ޕައުލް ޕޮގްބާ މެންޗެސްޓާ ޔުނައިޓެޑަށް އެއްވެސް އިހްތިރާމެއް ނުކުރި،" ކަމަށާއި އަދި އެއީ ކްލަބުން ވަރަށް ބޮޑަށް މާޔޫސްވި ކަމެއް ކަމަށް ބުނެ ޕޮގްބާއަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔައިފައެވެ.

އަލުން ޕޮގްބާ ޔުނައިޓެޑަށް ގެންނަން މަސަތްކަތް ފެށީ އެކްލަބުގެ މިހާރުގެ ކޯޗު ހޯޒޭ މޮރީނިއޯއެވެ. ފްރާންސްގެ ލެ ހާވްއިން މެންޗެސްޓާ ޔުނައިޓެޑްގެ ޔޫތު އެކަޑެމީއާ ގުޅުނު ޕޮގްބާގެ ޓްރާންސްފާ ފީ ރަސްމީ ކޮށް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައި ނުވާ އިރު މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޔުއެންޓަސް އިން ޕޮގްބަ ދޫކޮށްލުމަށް އެއްބަސްވެފއި ވަނީ ދުނިޔޭގެ ރިކޯޑް ފީ އަކަށެވެ.

ދުނިޔޭގައި މިހާތަނަށް އެންމެ އަގުބޮޑުކޮށް ކްލަބް ބަދަލު ކުރީ 2013 ވަނަ އަހަރު ޓޮޓެންހަމް ހޮޓްސްޕާސް އިން 100 މިލިއަން ޔޫރޯ އަށް ރެއާލް މެޑްރިޑަށް ބަދަލުވި ގަރެތު ބޭލް އެވެ. ދެ ވަނާގައި އޮތީ 2009 ވަނަ އަހަރު 94 މިލިއަން ޔޫރޯއަށް މެންޗެސްޓާ ޔުނައިޓެޑުން ރެއާލް މެޑްރިޑަށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.