07 Aug 2016, 16:51
ބެއިޖިން(އޮގަސްޓް 7): ޗައިނާއިން އެގައުމުގެ ފުރަތަމަ މޮބައިލް ޓެލެކޮމިއުނިކޭޝަންސް ސެޓެލައިޓް ލޯންޗުކޮށްފިއެވެ.
ޗައިނާގެ ހުޅަނގުދެކުނުގައި ހުންނަ ޝީޗަންގް ސެޓެލައިޓް ލޯންޗް ސެންޓަރުން ލޯންޗު ކުރި ޓިއަންޓޮންގް 1 ސެޓެލައިޓުން ޗައިނާ، މެދުއިރުމަތި، އެފްރިކާ އަދި އެހެނިހެން ބައެއް ސަރަހައްދުތަކަށް މޮބައިލް ނެޓްވޯކް ފޯރުކޮށްދޭނެ ކަމަށް ޒިންހުއާގައިވެ އެވެ.
ޗައިނާ އެކެޑެމީ އޮފް ސްޕޭސް ޓެކްނޮލޮޖީން ފަރުމާކުރި އެސެޓެލައިޓް އޮޕަރޭޓް ކުރާނީ ދައުލަތުގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ޓެލެކޮމް އިންނެވެ.
ޗައިނާއިން މިހާރު ދަނީ ޖައްވަށް އަނެއްކާވެސް މީހުން ފޮނުވުމަށް ތައްޔާރުވަމުންނެވެ. އަދި އެގައުމުން ރާވަމުންދާ މިޝަންތަކުގެ ތެރޭގައި 2020 އަންނަންވާއިރަށް ހަނދުގައި ޗައިނާގެ ސްޕޭސް ސްޓޭޝަނެއް ގާއިމު ކުރުން ހިމެނެ އެވެ.
ޗައިނާއިން އެންމެ ފުރަތަމަ ޖައްވަށް އެސްޓްރޮނޯޓުން ފޮނުުވާފައި ވަނީ 2003 ވަނަ އަހަރެވެ. (ޒިންހުއާ)