މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ނިމިފައިވާ އިރު، ސަރުކާރާއި ރައްޔިތުން ހިއްސާވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއަށް ސާފު ފައިދާގެ ގޮތުގައި 58.2 މިލިޔަން ރުފިޔާ ލިބިއްޖެ އެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި އެމްޓީސީސީއިން 87.5 މިލިޔަން ރުފިޔާގެ ފައިދާއެއް ހޯދާފައިވެއެވެ.

އެމްޓީސީސީއިން މިދިޔަ ހަފްތާގައި، މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް އާންމު ކޮށްފައިވާ އިރު، އެ ހިސާބުތައް ދައްކާ ގޮތުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 293.5 މިލިޔަން ރުފިޔާ ލިބިފައި ވެ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް 315.4 މިލިޔަން ރުފިޔާ ލިބުނެވެ.

އެހެން ނަމަވެސް ދެވަނަ ކުއާޓަރުގެ ވިޔަފާރީގެ ޚަރަދުތައް 11 ޕަސަންޓަށް ދަށް ކޮށް، އެމްޓީސީސީއިން ވަނީ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ފައިދާ އިތުރުކޮށްފަ އެވެ. ފުރަތަމަ ކުއާޓަރަށް ވުރެ ފައިދާ އިތުރުވި ނަމަވެސް، ޓެކްސް އަށް ކެނޑުމަށް ފަހު ދެވަނަ ކުއާޓަރުގެ ސާފު ފައިދާ ހުރީ، ފުރަތަމަ ކުއާޓަރުގެ ސާފު ފައިދާއާ އަޅާ ބަލާ އިރު ދަށްވެފައެވެ. ދެ ކުއާޓަރުގެ ސާފު ފައިދާގައި އުޅެނީ ކުޑަ ފަރަގެކެވެ.

ޓެކްސް އަށް ކެނޑުމަށް ފަހު ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 29.8 މިލިޔަން ރުފިޔާ ލިބުނު އިރު، ދެވަނަ ކުއާޓަރުގައި ލިބިފައި ވަނީ 29.2 މިލިޔަން ރުފިޔާއެވެ.

ނިމިދިޔަ ކުއާޓަރުގައި އެމްޓީސީސީގެ ބައެއް ޚަރަދުތައް، އޭގެ ކުރީ ކުއާޓަރާ އަޅާ ބަލާއިރު ވަނީ އިތުރ ވެފަ އެވެ. އެގޮތުން އިދާރީ ހިންގުންތަކަށް 23.3 މިލިޔަން ރުފިޔާ ފުރަތަމަ ކުއާޓަރުގައި ޚަރަދު ކުރެވުނު އިރު، ދެވަނަ ކުއާޓަރުގައި އެ އަދަދު ވަނީ 29.5 މިލިޔަން ރުފިޔާއަށް އިތުރުވެފަ އެވެ. އަދި މާކެޓިން ޚަރަދުތައް ވެސް 3.2 މިލިޔަން ރުފިޔާއިން ހަތަރު މިލިޔަން ރުފިޔާއަށް އިތުރު ވެފައިވެއެވެ.

އެމްޓީސީސީއިން ބުނާ ގޮތުގައި އިދާރީ ޚަރަދުތައް ދެވަނަ ކުއާޓަރުގައި އިތުރުވެފައި ވަނީ، ކުންފުންޏަށް އިތުރު މުވައްޒަފުން ހޯދައި، ބައެއް މުވައްޒަފުންނަށް ތަމްރީނު ދިނުމަށް ޚަރަދު ކޮށްފައި ވާތީ ކަމަށެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ދެ ކުއާޓަރާ އަޅާ ބަލާއިރު މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ލިބުނު ސާފު ފައިދާ ދަށް ނަމަވެސް، އެމްޓީސީސީއިން ބުނަނީ މިހާރު ކުރިޔަށް ދާ މަޝްރޫއުތަކާއި އިންވެސްޓްމެންޓުތަކާ އެކު، މި އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުވާނެކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އާ ބޭފުޅަކު އައްޔަނު ކުރެވިގެން ދިޔަ އެވެ. އެއީ .

ނިމިދިޔަ ކުއާޓަރުގެ ތެރޭގައި އެމްޓީސީއިން ކޮންސްޓްރަކްޝަންގެ 11 މަޝްރޫއެއް ފެށި އިރު، އަށް މަޝްރޫއެއް ނިންމާފައި ވެ އެވެ. އަދި ޖުމްލަ 70 މަޝްރޫއެއް މެނޭޖު ކޮށްފައި ވެ އެވެ.

މީގެ އިތުރުން ތިން އަތޮޅެއް ފިޔަވައި އެހެން ދިނުމާއި، ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ އަދި ހުޅުމާލޭގައި އިކޮނޮމިކް މިނިސްޓްރީން އެމްޓީސީސީއާ މިދިޔަ ކުއާޓަރުގައި ވަނީ ހަވާލު ކޮށްފަ އެވެ.