07 Aug 2016, 12:21
އޮލިމްޕިކް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އިސްރާއީލާއެކު އެއް ބަހެއްގައި ދަތުރުކުރުމަށް ލުބްނާން ޓީމުން ދެކޮޅު ހަދައިފި އެވެ.
ލުބްނާނާއި އިސްރާއިލާ ދެމެދު ޑިޕްލޮމެޓިކް މައްސަލަތަކެއް ނޫޅުނު ނަމަވެސް، އިސްރާއީލު އެތުލީޓުން ބަހުގައި ތިބުމާއެކު ލުބްނާނުގެ އެތުލީޓުން ބޭނުންވީ އެހެން ބަހެއްގައި ދަތުރުކުރުމަށް ކަމަށް ދެ ޓީމުގެ އޮފިޝަލުން ބުނެ އެވެ.
ލުބްނާނުގެ ޓީމުގެ އެދުމާ އެއްގޮތަށް ބްރެޒިލްގެ މަރަކާނާ ސްޓޭޑިއަމްގައި އިއްޔެ ކުރިއަށްދިޔަ އޮލިމްޕިކް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތަށް ދަތުރުކުރީ އެހެން ބަހެއްގައެވެ.
އޭއެފްޕީ ނިއުސް އެޖެންސީއަށް ދިން އިންޓަވިއުއެއްގައި ލުބްނާން ޓީމާ އިސްކޮށް ހަވާލުވެރި ހުރި ސާލިމް އަލް ހާޖް ނިކޮލަސް ބުނީ، ލުބްނާން ޓީމު ދަތުރުކުރާ ބަހުގައި އިސްރާއިލް ޓީމު ދަތުރުނުކުރެވޭ ގޮތް ހަދައިދިނުމަށް އެދުނު ކަމަށެވެ.
އެ މައްސަލައާ ގުލިގެން އިސްރާއީލްގެ އޮލިމްޕިކް ސެއިލިންގް ޓީމުގެ އެތުލީޓެއް ކަމަށްވާ އުދީ ގަލް ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނީ، ލުބްނާނުން އިސްރާއީލާ އެއްބަހަކަށް އަރަން ބޭނުންނުވާ ނަމަ، އެހެން ބަހެއްގައި ދަތުރުކުރުމަށް މަރުހަބާ ކިޔާ ކަމަށާއި ލުބްނާނުގެ ފަރާތުން ފެނިގެންދިޔަ އަމަލަކީ އޮލިމްޕިކްގެ ރޫހާ ހިލާފު ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.