07 Aug 2016, 11:12
އޮލިމްޕިކް ގޭމްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވިއެޓްނާމުން ރަން މެޑެއްޔެއް ހޯދައިފިއެވެ.
ގޭމްސްގައި ފުރަތަމަ ފަހަރަށް ވިއެޓްނާމަށް ރަން މެޑެއްޔެއް ހޯދައިދީފައިވަނީ ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯގައި ކުރިއަށްދާ އޮލިމްޕިކް ގޭމްސްގެ ފިރިހެނުންގެ 10 މީޓަރު އެއާ ޕިސްޓޯލްގައި ވާދަކުރި ވިން ޒުއާން ހޮއާންގް އެވެ.
އެ އިވެންޓުގައި 202.5 ޕޮއިންޓު ހޯދައިގެން ހޮއާންގް ރަން މެޑެއްޔެއް ހޯދި އިރު، އޭނާއާ އެންމެ ކައިރިން ވާދަކުރި ބްރެޒިލްގެ ފެލިޕޭ ވޫ އަށް ހޯދިފައިވަނީ 202.1 ޕޮއިންޓެވެ. ބްރެޒިލްގެ ވޫގެ މައްޗަށް ވިއެޓްނާމްގެ ހޮއާންގް ކުރި ހޯދީ އެންމެ ފަހު ޝޮޓުންނެވެ.
އެ އިވެންޓުގް ރިހި މެޑެލް ބްރެޒިލްގެ ވޫ ހޯދި އިރު، ލޯ މެޑެލް ހޯދާފައިވަނީ 180.4 ޕޮއިންޓް ހޯދި ޗައިނާގެ ޕެންގް ވޭ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ދެކުނު ކޮރެއާގެ ޖިން ޖިންގޮހް އަށް ނިންމާލެވުނީ ފަސް ވަނައިގައެވެ.