07 Aug 2016, 11:09
ތިރީސް ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު މާލެގެނެސް ޑޮކްޓަރަށް ދައްކައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން ސަން އަށް ވިދާޅުވީ މިއަދު ހެނދުނުގެ ވަގުތެއްގައި އައިޖީއެމްއެޗަށް ގެނެސް އަދީބު ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އައިޖީއެމްއެޗުގެ ޑޮކްޓަރަށް އަދީބު ދެއްކީ މާފުށިން އޭނާ ބެއްލެވި ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށެވެ.
އަދީބު މިއަދު ޑޮކްޓަރަށް ދެއްކީ ސިއްހީގޮތުން މާބޮޑު މައްސަލައެއް ދިމާވެގެން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތިރީސް ތިން އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާއިރު، އެމަނިކުފާނުގެ އިތުރު މައްސަލަތަކެއް ކްރިމިނަލް ކޯޓުގައި ނުނިމި އެބަހުއްޓެވެ. އަދި އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސް އިން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.