06 Aug 2016, 15:54
ވޮޝިންޓަން (އޮގަސްޓް 6): އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި އާއިލާ އަބަދުވެސް ފާހަގަ ކުރެވިފައި ވަނީ އާއްމު ރައްޔިތުންނާ ގުޅޭ، އެކުވެރި ބޭފުޅުންގެ ގޮތުގަ އެވެ. މިހާރު އެކަން އިތުރަށް ސާބިތުވެފައި ވަނީ އޮބާމާގެ ދަރިކަނބަލުން، ސާޝާ އޮބާމާ ހޫނު މޫސުމުގެ ޗުއްޓީއަށް ރެސްޓޯރެންޓެއްގައި މަސައްކަތް ކުރައްވަން ފެއްޓެވުމުންނެވެ.

ރައީސް ބަރަކް އޮބާމާ ދަރިކަނބަލުން ސާޝާ އާއި އެކު ----
ސާޝާ މަސައްކަތް ކުރައްވަން ފައްޓަވާފައި ވަނީ މެސެޗޫސެޓްސްގައި ހުންނަ، އޮބާމާގެ އާއިލާއިން އާއްމުކޮށް ޒިޔާރަތް ކުރައްވާ ސީފުޑް ރެސްޓޯރެންޓެއްގަ އެވެ. އެތަނުގައި ސާޝާ ކޭޝިއަރެއްގެ ގޮތުގަ އާއި ޓޭކްއަވޭ ދިނުމުގަ އާއި މޭޒުތައް ސާފު ކުރެއްވުމުގައި އުޅުއްވާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ރެސްޓޯރެންޓުގައި ސާޝާ މަސައްކަތް ކުރައްވާ އިރު އެތަނުގައި ސީކްރެޓް ސާވިސްގެ ހަ އޭޖެންޓުން ހަރަކާތްތެރިވެ އެވެ.

ސާޝާ އޮބާމާ ރެސްޓޯރެންޓުގެ ކޭޝް ކައުންޓަރުގައި ---
އޮބާމާ އާއި އަނބިކަނބަލުން މިޝޭލް ވަނީ އެދެބޭފުޅުން ވެސް ބޭނުންފުޅު ވަނީ ދެދަރިކަނބަލުން، ސާޝާ އާއި މާލިއާ އެހެން ކުދިންނެކޭ އެއްގޮތަށް ބޮޑުވާން ކަމަށް ބުނެފަ އެވެ. (ޓެލެގްރާފް)

ސާޝާ އޮބާމާ މަސައްކަތްކުރައްވާ ރެސްޓޯރެންޓުގެ ކައިރީގައި ބައްޕާފުޅު ބަރަކް އޮބާމާ---