06 Aug 2016, 13:23
ޖެޓެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް ވިލަމެންދޫ ރިސޯޓު ކައިރި ފަރަށް ލައްގާފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން' އަށް ވިދާޅުވީ ވިލަމެންދޫ ރިސޯޓު ކައިރިއަށް އެއްޗެއް ލައްގާފައި އޮތް ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި، އެމްއެންޑީއެފް އިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި ފުލުހުން ވެސް އެ ސަރަހައްދު ބަލަހައްޓަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއެންޑީއެފްގެ އިން ފޮމޭޝަން އޮފިސަރު އަދުނާން މުހައްމަދު ވިދާޅުވީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހު ހުޅުލެއަށް ސިފައިންގެ ތަމްރީނުތަކުގައި ބޭނުންކުރާ ވައްތަރުގެ އަތުބޮމެއް ލައްގާފައި ވަނިކޮށް ވަނީ ފެނިފަ އެވެ.