ތެހެރާން (އޮގަސްޓް 6): މުޅި ދުނިޔޭގައި މަގުބޫލުކަން ހޯދާފައިވާ ސްމާޓް ފޯނު ގޭމް، ޕޮކެމޯން ގޯ މަނާ ކުރި ފުރަތަމަ ގައުމަށް އީރާން ވެއްޖެ އެވެ.

އީރާނުގެ ރައްޔިތުންގެ އޮންލައިން ހަރަކާތްތައް މޮނިޓާ ކުރާ އީރާނިއަން ހައި ކައުންސިލް އޮފް ވާޗުއަލް ސްޕޭސެސް އިން ޕޮކެމޯން ގޯ މަނާކޮށްފައި ވަނީ ސަލާމަތީ ސަބަބުތަކާ ހުރެ ކަމަށް އެކައުންސިލުން ބުނެ އެވެ. އެކައުންސިލަކީ 2012 ވަނަ އަހަރު އީރާނުގެ ރޫހާނީ ލީޑަރު، އާޔަތުﷲ ހާމަނާއީ އެކުލަވާލެއްވި ކައުންސިލެކެވެ.

އީރާނުގެ އިތުރުން އެހެން ބައެއް ގައުމުތަކުންވެސް ވަނީ ޕޮކެމޮން ގޯ ކުޅުމުގެ ރައްކާތެރިކަމާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އިންޑޮނޭޝިއާގެ ފުލުހުން ޑިއުޓީ ގަޑީގައި ޕޮކެމޮން ގޯ ކުޅުން މަނާ ކޮށްފައިވާ އިރު އިސްރާއީލުގެ އަސްކަރިއްޔާއިން ވެސް އެގޭމު ކުޅުން ވަނީ މަނާ ކޮށްފަ އެވެ.

މީގެ އިތުރުން މިސްރުގެ އަލް-އަޒްހަރު އިސްލާމިކް އިންސްޓިޓިއުޓްގެ ޑެޕިއުޓީ ހެޑް އަދި ދީނީ އިލްމުވެރިއަކު ވަނީ ޕޮކެމޮން ގޯ ކުޅުމަކީ ކަމަށް ވިދާޅުވެފަ އެވެ. (އިންޑިޕެންޑެންޓް)