06 Aug 2016, 10:32
ކޮފީއަށް ލޯބިކުރާ ފަރާތްތަކަށް ސިންގަޕޫރުގެ މަޝްހޫރު ކޮފީ ބްރޭންޑެއް ކަމަށްވާ 'އައުލް ކޮޕީތިއަމް ރޯސްޓް އެންޑް ގްރައުންޑް' ކޮފީގެ ސެލެކްޝަން އެއް ރާއްޖެއަށް ތައާރަފް ކޮށްފި އެވެ.
އިއްޔެ ހަވީރު އެ ކޮފީ ރާއްޖެއަށް ތައާރަފް ކުރުމުގެ ގޮތުންވަނީ ހާއްސަ ހަރަކާތެއް ބީއެޗްއެމް އިން ކުރިއަށް ގެންގޮސްފަ އެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި އާންމުންނަށް ވަނީ އެ ކޮފީގެ ރަހަ ދައްކާލާފަ އެވެ.
އައުލް ކޮފީ ރަހަ ދައްކާލުމަށް ހުޅުމާލޭގައި ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާ އިރު، ކޮފީ ރަހަބެލުމުގެ ހަރަކާތް މިއަދު މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން މިއަދު ހަވީރު 04.00 ން 06.00 އަށް ސުނާމީ ބިނާ ކައިރީ ބޮޑުތަކުރުފާނުމަގުގައި ކުރިއަށް ދާނެ ކަމަށް ބީއެޗްއެމް އިން ބުނެ އެވެ.
އަންނަ ހަފްތާ ބަންދު ދެ ދުވަހުވެސް އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ބީއެޗްއެމް އިން މައުލޫމާތު ދެ އެވެ. އެގޮތުން އަންނަ ހުކުރު ދުވަހު ވިލިމާލޭގައި ވިލިމާލެ ޓާމިނަލް ކައިރީގައި ހަވީރު 4:00 އިން 6:00 އަށް އެ ހަރާކަތް ކުރިއަށް ދާނެ އެވެ. އަދި ހޮނިހިރު ދުވަހުގެ ރޭ 8:00 އިން 10:00 އަށް ބޮޑުތަކުރުފާނު މަގުގައި ހުންނަ ވިލާ ކޮލެޖް ކަރިރީގައި ކޮފީ ރަހަ ބެލުމުގެ ހަރަކާތް ކުރިއަށް ދާނެ ކަމަށްވެސް ބީއެޗްއެމް އިން ބުންޏެވެ.

ބީއެޗްއެމް އިން އިއްޔެ އައުލް ކޮޕީތިއަމް ރޯސްޓް އަދި ގްރައުންޑް ކޮފީ ރާއްޖެއަށް ތައާރަފް ކުރުމަށް ހުޅުމާލޭގައި ބޭއްވި ހަރަކާތުގެ ތެރެއިން --- ފޮޓޯ/ ބީއެޗްއެމް ފޭސްބުކް ޕޭޖް
"ރާއްޖޭގައި އައުލް ކޮފީ ޕްރޮޑަކްސްގެ އެކްސްކްލޫސިވް ޑިސްޓްރިބުއުޓާގެ ހައިސިއްޔަތުން، އަޅުގަނޑުމެން ވަރަށް އުފާކޮށް ފަހުރުވެރިވަން ފިލްޓާބޭގްއަކުން ފަސޭހަކަމާއިއެކު ކޮފީތައްޔާރުކޮށްލެވޭ ޕްރޮޑަކްޓެއް ފުރަތަމަ ފަހަރަށް ރާއްޖޭގެ ކޮންޒިއުމާސްއަށް ތައާރަފްކުރެވުނީތީ. އަދި ހުރިހާ ބޭފުޅުންނަށްވެސް ބާރުއަޅަން ހުރިހާ ފްލޭވާސްތައް ރަހަބަލާން އަދި މިތަފާތު ކޮޕީތިއަމް ކޮފީ ތަޖުރިބާކޮށްލަން" ބީއެޗްއެމް ޓްރޭޑާސްގެ މާކެޓިންގ މެނޭޖަރު އިބްރާހިމް ޝަރީފް ވިދާޅުވިއެވެ.
ބީއެޗްއެމް އިން ބުނީ އިއްޔެ އިން ފެށިގެން އައުލް ކޮޕީތިއަމް ރޯސްޓް އަދި ގްރައުންޑް ކޮފީ ރާއްޖޭގެ އެކި ސުޕާމާކެޓްތަކުންނާއި ފިހާރަތަކުން ލިބެން ހުންނާނެ ކަމަށެވެ.

ބީއެޗްއެމް އިން އިއްޔެ އައުލް ކޮޕީތިއަމް ރޯސްޓް އަދި ގްރައުންޑް ކޮފީ ރާއްޖެއަށް ތައާރަފް ކުރުމަށް ހުޅުމާލޭގައި ބޭއްވި ހަރަކާތުގެ ތެރެއިން --- ފޮޓޯ/ ބީއެޗްއެމް ފޭސްބުކް ޕޭޖް
އާންމުންނަށް ކޮފީގެ ރަހަ ދައްކާލުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ފޮޓޯ ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްގެން އައުލް ބްރޭންޑްގެ އިނާމެއް ހޯދުމުގެ ފުރުސަތު ބީއެޗްއެމް އިން ވަނީ ހުޅުވާލާފަ އެވެ. އެގޮތުން #OWLCoffeeMV ހޭޝްޓެގާ އެކު ފޭސްބުކް ނުވަތަ ޓްވިޓާގައި ފޮޓޯ ޕޯސްޓު ކުރުމުން އެ މުބާރާތުގައި ބައިވެރިވެވޭނެ ކަމަށް ބީއެޗްއެމް އިން ބުންޏެވެ. އެ މުބާރާތް މިމަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވެވޭނެ ކަމަށް ބީއެޗްއެމް އިން ބުންޏެވެ.