06 Aug 2016, 09:36
ލިވަޕޫލް އާއި އިނގިރޭސި މިޑްފީލްޑަރު ޖޭމްސް މިލްނާ ގައުމީ ޓީމަށް ކުޅުން ހިއްޓާލައިފިއެވެ.
މިލްނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރިއިރު މިފަހަރުގެ ޔޫރޯ އަށް އިނގިރޭސި ޓީމްގައި އޭނާ ހިމެނުނު ނަމަވެސް ކުޅެފައިވަނީ އެންމެ ތިން މިނިޓްއެވެ. އެއާއެކު މިލްނާ ވަނީ ގައުމީ ޓީމުން އޭނާއަށް ޖާގަ ނެތް ކަމަށް ބުނެ ޓީމްގެ އާ ކޯޗު ސޭމް އަލާޑައިސްއާ މަޝްވަރާ ކުރުމަށް ފަހު ގައުމީ ޓީމްގެ ކުރިމަގާ މެދު ގޮތެއް ނިންމާނެ ކަމަށް މީގެ ހަފްތާއެއް ކުރިން ބުނެފައެވެ.
"މި ނިންމުން އަހަރެން ނިންމާނެ ކަން ވަރަށް ގިނަ ފަރާތްތަކަކަށް އިނގޭނެ. އަހަރެން އެދެނީ ސޭމް އާއި ކުޅުންތެރިންނާއި ކޯޗިން ސްޓާފުންގެ އިތުރުން ސްޕޯޓަރުންނަށް ވެސް ކާމިޔާބް މުސްތަގްބަލަކަށް،" ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރަމުން މިލްނާ ބުންޏެވެ.
މީގެކުރިން މެންޗަސްޓާ ސިޓީއަށް ވެސް ކުޅެފައިވާ އުމުރުން 30 އަހަރުގެ މިލްނާ ވަނީ 2009 ވަނަ އަހަރުން ފެށިގެން 61 މެޗު ގައުމީ ޓީމަށް ކުޅެދީފައެވެ. މިލްނާ ގައުމީ ޓީމުގައި ހޭދަކުރި ހަތް އަހަރު ތެރޭގައި އޭނާ އަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ގޯލެކެވެ.
އިނގިރޭސި 21 އަހަރުން ދަށުގެ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީގެން ރިކޯޑް ހަދާފައިވާ މިލްނާ އަކީ އިނިގރޭސިން ދެ ފަހަރު ވޯލްޑް ކަޕް އާއި ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރިއިރު އެ ޓީމްގައި ވެސް ހިމެނޭ ކުޅުންތެރިއެކެވެ.