އޭސް ހާޑްވެއާ އަދި ކަލާ ބޭންކުން މިދިޔަ ރޯދަ މަހު ކުރިއަށް ގެންދިޔަ "އެންމެ ސަޅި ރޯދަ ސޭލް" ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައި، އިނާމު ހަވާލުކޮށްފި އެވެ. އެ ޕްރޮމޯޝަންގެ 300،000 ރުފިޔާ އިނާމް ލިބުނީ ވަލީދާ މުހައްމަދެވެ.

އޭސް ހާޑްވެއާގައި ބޭއްވި ހަފްލާގައި ނަސީބުވެރިޔާ އަށް އިނާމު ހަވާލުކޮށްދެއްވީ އޭސް ހާޑްވެއާ އަދި ކަލާ ބޭންކް ހިންގާ ކުންފުނިކަމަށްވާ ކޯ ލޯޑް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ޓްރޭޑް، މުހައްމަދު ހާނީ އެވެ.

"އެންމެ ސަޅި ރޯދަ ސޭލް" ޕްރޮމޯޝަންގައި ރޯދަ މަހަށް ހާއްސަ ތަކެއްޗާއި އެހެނިހެން ވައްތަރުގެ މުދަލުން 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދީފައިވެ އެވެ. އަދި އޭސް ހާޑްވެއާއިން ގަންނަ ކޮންމެ ކުލަ ދަޅަކާއެކު އިތުރު ދަޅެއް ހިލޭ ދިންއިރު، ކަލާ ބޭންކުން ގަންނަ ކުލަ ދަޅަކާއެކު ކުލަ ލާން ބޭނުންކުރާ ރޯލާ ފިހި ހިލޭ ވަނީ ދީފަ އެވެ.

މީގެ ހަތަރު އަހަރު ކުރިން ރާއްޖޭގައި އިފްތިތާހްކުރި އޭސް ހާޑްވެއާއަކީ އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަނޭޝަނަލުގެ ރާއްޖޭގެ ޕާޓްނަރު، އަދި ކަލަރ ބޭންކު ފިހާރަ ހިންގާ ކުންފުނި ކޯ ލޯޑް މޯލްޑިވްސްއާ ގުޅިގެން ހިންގާ ކުންފުންޏެކެވެ.