ޔުއެފާ ޗެމްޕިއަންސް ލީގު ޕްލޭ އޮފްގައި މެންޗަސްޓާ ސިޓީން ރޮމޭނިއާގެ ޗެމްޕިއަން ސްޓެވާ ބްކްރެސްޓްއާ ދެކޮޅަށް ނިކުންނަން ޖެހިއްޖެއެވެ.

ޗެމްޕިއަންސް ލީގްގެ ޕްލޭ އޮފްގައި ސިޓީ އަށް ކުޅެން ޖެހުނީ ނިމިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގްގެ ގަދަ ތިން ވަނަ އަށް ނޭރުމުންނެވެ. އިގިރޭސިންގެ ތެރެއިން ޗެމްޕިއަންސް ލީގްގެ ޖާގަ މިހާތަނަށް ކަށަވަރު ވެފައިވަނީ ޗެމްޕިއަންސް ލެސްޓާ ސިޓީ އާއި ދެވަނަ އަށް ދިޔަ އާސެނަލް އަދި ލީގްގެ ތިން ވަނަ މަގާމް ހޯދި ޓޮޓެންހަމް ހޮޓްސްޕާ އަށެވެ.

އެ ތިން ޓީމްގެ އިތުރުން ސިޓީއަށް ޗެމްޕިއަންސް ލީގްގެ ޖާގައެއް ކަށަވަރު ވާނީ މިމަހުގެ 16 ވަނަ ދުވަހު އާއި 24 ވަނަ ދުވަހު ސްޓެވާ އާއި ދެކޮޅަށް ކުޅޭ ދެ މެޗުގެ އެގްރިގޭޓުން ކުރި ލިބިގެންނެވެ.

ނިމިދިޔަ ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލްގައި ވެސް ކުޅުނު ސިޓީ އިން ވަނީ އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ޓީމްގެ ކޯޗަކަށް ބާސެލޯނާ އާއި ބަޔާން މިއުނިކް އަށް ގިނަ ކާމިޔާބީ ތަކެއް ހޯދަދީފައިވާ ޕެޕް ގާޑިއޯލާ ހަމަޖައްސައި ޓީމް ވަރުގަދަ ކުރުމުގެ ގޮތުން މުހިންމު ހަ ކުޅުންތެރިއަކު ވެސް ގެނައިސްފައެވެ.

ޗެމްޕިއަންސް ލީގްގެ ޕްލޭ އޮފްގައި ފާހަގަ ކޮށްލެވޭ މެޗުތަކަށް ބަލާއިރު އިޓަލީގެ ރޯމާ އާއި ޕޯޗުގަލްގެ ޕޯޓޯ ބައްދަލު ކުރާ މެޗާއި ސްޕެއިންގެ ވިޔަރެއާލް އާއި ފްރާންސްގެ މޮނޯކޯގެ މެޗު ވެސް ފާހަގަކޮށްލެވެއެވެ.