04 Aug 2016, 15:17
އިންޑިއާގެ ހުރިހާ ސްޓޭޓަކަށް ބާރު ހިނގާ ގޮތަށް، މުދަލާއި ޚިދުމަތްތަކުގެ އަގުން ޓެކްސް ނެގުމާ ބެހޭ ގާނޫނެއް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެއިން ފާސްކޮށްފި އެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖިޔާ ސަބާއިން ފާސްކުރި ޖީއެސްޓީ ބިލަކީ އިންޑިއާގެ ޓެކްސްގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނުވާނެ ގާނޫނެކެވެ.
މިހާރު އިންޑިއާގައި ޓެކްސް ނިޒާމު އޮތް ގޮތުން، އިންޑިއާގެ މަރުކަޒީ ސަރުކާރާއި ސްޓޭޓުތަކުގެ ލާމަރުކަޒީ ސަރުކާރުތަކުގައި އެކިއެކި ޓެކްސްތައް ނަގަ އެވެ. އެހެން ނަމަވެސް މިއަދު ފާސްކުރި ޖީއެސްޓީ ގާނޫނު ތަންފީޒު ކުރަން ފެށުމުން، މިހާރު ސްޓޭޓުތަކާއި އިންޑިއާގެ ފެޑެރަލް ސަރުކާރުން ނަގާ 17 ޓެކްސްއެއް އުވިގެން ދާނެ އެވެ. 29 ސްޓޭޓު ހިމެނޭ އިންޑިއާގައި ވަކި ސްޓޭޓެއްގައި ވަކި ވަރަކަށް ޓެކްސް ނެގުން ފަދަ ބޭއިންސާފު ޕްރެކްޓިސްތައް ހުއްޓި، ހުރިހާ ރައްޔިތުންގެ އަތުން ވެސް އެއްވަރަކަށް ޓެކްސް ނެގެން ފެށޭނެ އެވެ.
މުޅި އިންޑިއާގައި ވެސް އެއް ޓެކްސްއެއް އެއްވަރަކަށް ނަގަން ފެށުން ވެގެން ދާނީ ވިޔަފާރި ކުންފުނިތަކަށް ވެސް ލިބޭ ފަސޭހައަކަށެވެ. މިހާރު އޮތް ގޮތުން ކުންފުނިތައް ޖެހެނީ އެކި ސްޓޭޓުތަކުގައި އޮންނަ ޓެކްސް ގާނޫނުތަކަށް އަހުލުވެރިވެ ހެދުމެވެ. އެހެން ނަމަވެސް ފާސްވެގެން ދިޔަ ގާނޫނާ އެކު، އެކަން ވެސް ފަސޭހަ ވެގެން ދާނެ އެވެ.
އިންޑިއާގައި ޖީއެސްޓީ ނަގަން ފެށުމުން އިންޑިއާގެ އެކިއެކި ސްޓޭޓުތަކުގެ ދެމެދުގައި ދަތުރުފަތުރުގެ އަގު ހެޔޮވެގެން ދާނެ އެވެ. ބައެއް ސްޓޭޓުތަކުގެ ބޯޑަރުތަކުގައި ޗެކްޕޮއިންޓު ބަހައްޓައި، ސްޓޭޓަށް ވަނުމަށް ވަކި ވަރަކަށް ފައިސާ ދައްކަން ޖެހޭ ޖެހުން ވެސް ނިމުމަކަށް އަންނާނެ އެވެ.
ދެހާސް ތޭރަ ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިންޑިއާގެ އާބާދީއަކީ 1.252 ބިލިޔަނެވެ. 1.2 ބިލިޔަން ރައްޔިތުންގެ އަތުން އެއް ވަރަކަށް ޓެކްސް ނެގެން ފެށުމަކީ އިންޑިއާގެ އިގްތިސާދު އިތުރަށް ކުރިއަރައިގެން ދާނެ ކަމެކެވެ. އަދި ޓެކްސް ނެގުން މުޅި ދައުލަތުގެ ގައުމީ މަސައްކަތަކަށް ބަދަލުވުމާ އެކު
އިންޑިއާގެ ފެޑެރަލް ސަރުކާރުން ބުނާ ގޮތުގައި، އެގައުމުގެ މަގްސަދަކީ ޖީއެސްޓީ ނެގުމުގެ ތައްޔާރީތައް ފަށައި، އަންނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ޖީއެސްޓީ ނަގަން ފެށުމެވެ.