04 Aug 2016, 14:30
ދ. މާއެނބޫދޫ ކައުންސިލް އިދާރާ އަނދައި ހުލިވުމުން އެ ކައުންސިލް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޓީމެއް އެރަށަށް ފުރައިފިއެވެ.
އެލްޖީއޭގެ މީޑިއާ އޮފިޝަލް އަބްދުﷲ އަޒްމީން މިއަދު ސަން އަށް ވިދާޅުވީ، އެޓީމުން އެރަށު ކައުންސިލް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިޔަ ހިދުމަތްތައް މިއަދުން ފެށިގެން ދޭނެ ކަމަށެވެ.
"ހުއްޓުމެއްނެތި ހިދުމަތް ދިނުމަށާއި ކައުންސިލުން ބޭނުންވާ ކަންކަން ހަމަޖައްސަން ޓީމް އެދިޔައީ،" އަޒްމީން ވިދާޅުވިއެވެ.
ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި މާއެނބޫދޫ ކައުންސިލް އިދާރާވަނީ އެއްކޮށް އަނދައިފައެވެ. އަލިފާން ރޯވި ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.