04 Aug 2016, 14:13
ސަލްޓަން ޕާކުގައި ހުރި އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަންސް (އާކް) އާ ހަވާލުކޮށްފިއެވެ.
ގަރުނަކަށްވުރެ ގިނަދުވަސްވެފައިހުރި އުސްގެކޮޅު ޗިލްޑްރަންސް ހެރިޓޭޖް ޕްލާޒާއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މިއަދު އާކް އާ ހައުސިންގ މިނިސްޓްރީ އާ ދެމެދު ވަނީ ސޮއި ކޮށްފައެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް އާކް އާ ހަވާލުކޮށްފައިވަނީ، އާކްގެ ހަރަދުގައި އެ މަސައްކަތް ކުރާ ގޮތަށެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސް ވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު މުއިއްޒު އެވެ. އަދި އާކް ގެ ފަރާތުން ސޮއި ކުރެއްވީ، އެ ޖަމިއްޔާގެ އެކްޓިން ޑިރެކްޓަރ ޖެނެރަލް ޒީނާ ޒާހިދެވެ.

ސަލްޓަން ޕާކު ތަރައްގީކޮށް ނިމުމުން އެތަން ހުންނާނެ ގޮތުގެ ކުރެހުމެއް--
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، އެކަހަލަ ތަންތަނަކީ ރާއްޖޭގެ ތަރިކަ ކަމަށް ވުމުން އެތަންތަން ރަނގަޅު ގޮތުގައި ދެެމެހެއްޓުމާއި އެތަނުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ސަލްޓަން ފާކު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އުސްގެކޮޅުގައި ސެންޓަރު ގާއިމް ކުރުމުގެ މަސައްކަތް އާކުން ކުރި ނަމަވެސް އެތަނުގެ އިމާރާތުގެ މަސައްކަތް ކުރަމުން ދަނީ ސަރުކާރުގެ ހަރަދުގައި އެމްޓީސީސީ އާ ހަވާލުކޮށްގެންނެެވެ.
ދެބުރީގެ އެ އިމާރާތުގައި، ކުޑަކުދިންނަށް ޘަގާފީ ކުޅިވަރުތައް ކުޅެވޭނެ ހޯލަކާއި، ރާއްޖޭގައި އުފައްދާ ތަކެތި ވިއްކާ ކަލްޗަރަލް ބާޒާރަކާއި، އާއިލާތައް ވަގުތު ހޭދަކޮށްލާނެ ފެންޑާއެއްގެ އިތުރުން، ކާތަކެތި ލިބެން ހުންނަ ތަނެއްވެސް ހިމެނިފައިވެއެވެ.
"އިޖްތިމާއީ ގޮތުން ހިތްހަމަޖެހުމާއި ދުޅަހެޔޮކަން ގެނެސްދިނުމަަކީ މުޖުތަމައެއް، ގައުމެއް ތަރައްގީ ކުރުމަށްޓަކައި މުހިއްމު އެއްް ކަންތައް،" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، އެ މަސައްކަތް މިއަހަަރު ނިމުމުގެ ކުރިން ނިންމާލުމަކީ އަމާޒުކަމަށް ވިދާޅުވި އެވެ.

އުސްގެކޮޅު ޗިލްޑްރަންސް ހެރިޓޭޖް ޕްލާޒާއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އާކް އާ އެކު ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޒީނާ ޒާހިދު ވިދާޅުވީ، އެތަނުން ކުޑަކުދިންނަށް ސަގާފަތާބެހޭ މަސައްކަތް ދަސްކޮށްދެވޭނެ ކަމާށާއި، އެތަނަކީ ކުޑަކުދިން ޝައުގުވެރިކަމާއެކު ބަަލައިގަންނަ ތަނަކަަށް ވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.