03 Aug 2016, 12:45
އިންޑިއާގެ މުމްބާއީ އާއި ގޯއާއާ ދެމެދު އޮންނަ ހައިވޭއެއްގެ ބުރިޖު ހަލާކުވެ، އޭގެ މަތިން 22 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ދެބަސް ބްރިޖު ދަށުގައި އޮންނަ ސަވިތްރީ ކޯޓަށް ވެއްޓި، ގެއްލިއްޖެ އެވެ.
ރޭގެ ވަގުތެއްގައި އެހާދިސާ ހިނގި ރައިގާދް ޑިސްޓްރިކްޓުގެ އޮފިޝަލުން ވަނީ ކޯރު ތެރެއަށް އިތުރު އުޅަނދުތައް ވެއްޓިފައިވާ ކަމުގެ ބިރު ހީވެފައިވާ ކަމަށް ބުނެފަ އެވެ.
އިންޑިއާގެ ނެޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސެސް (އެންޑީއާރުއެފް) އިން މިހާރު ދަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެސަހަރައްދަށް ބޯކޮށް ވާރޭ ވެހެމުން ދިޔުމުގެ ސަބަބުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ލަސް ވަމުންދާ ކަމަށް އޮފިޝަލުން ބުންޏެވެ.
ރައިގާދް ޑިސްޓްރިކްޓުގެ ޗީފް މިނިސްޓަރު ވިދާޅުވި ގޮތުގައި ހަލާކުވެފައި ވަނީ ވަރަށް ދުވަސްވީ ބުރިޖެކެވެ. އަދި ބުރިޖު ވެއްޓުނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ސަވިތްރީ ކޯރު ބަންޑުން ވުމުން ކަމަށް މިނިސްޓަރު ލަފާ ކުރެއްވި އެވެ.
އިންޑިއާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މަރުވި މީހުންގެ އަދަދު ވަނީ 150ށް އަރާފަ އެވެ. (އިންޑިއަން އެކްސްޕްރެސް)