މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަކީ އެހެނިހެން މުއައްސަސާތަކަށްހުރި ނަމޫނާއެއްކަމުގައި ކަސްޓަމްސްގެ މިނިސްޓަރު އަދި މިނިސްޓަރު އޮފް ހޯމް އެފެއަރޒް އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

މިނިވަންދުވަހުގެ މުނާސަބާތުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ އިވެންޓަށް ގަލޮޅު ރަސްމީ ދަނޑު ތައްޔާރުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ކަސްޓަމްސްގެ މުވައްޒަފުންނަށް އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދިނުމަށް މިއަދު ކަސްޓަމްސް ބިލްޑިންގގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އަޒްލީން ވިދާޅުވީ، ކަސްޓަމްސްއަކީ ވަރަށް ގާބިލް މުވައްޒަފުންތަކެއް ތިބި މުއައްސަސާއެއްކަމަށެވެ.

މިނިވަންދުވަހުގެ މުނާސަބާތުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ އިވެންޓަށް ގަލޮޅު ރަސްމީ ދަނޑު ތައްޔާރުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ކަސްޓަމްސްގެ މުވައްޒަފުންނަށް އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދިނުމަށް މިއަދު ކަސްޓަމްސް ބިލްޑިންގގައި ބޭއްވި ހަފްލާގެ ތެރޭން -- ފޮޓޯ: ކަސްޓަމްސް

ކަސްޓަމްސްއަކީ ރަސްމީ މަސައްކަތުގެ އިތުރުން އަމިއްލަކަމެއްގެ ގޮތުގައި މިފަދަ ގައުމީ ކަންކަމުގައި އަބަދުވެސް ސާބިތުވެ ދެމިތިބޭ މުވައްޒަފުންތަކެއް މަސައްކަތްކުރާ އިތުބާރުކުރެވޭ ފަހުރުވެރި މުއައްސަސާއެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކަސްޓަމްސް އަކީ "އެއް އާއިލާއެއް" ކަމަށާއި، މިފަދަ ޝިޔާރުތަކުގެ ދަށުން ޓީމް ވަރކް ވަރުގަދަކޮށް ގުޅިގެން މަސައްކަތްކުރުމުގެ ރޫޙް އަލާކޮށް ދިރުވުމަކީ މިއަދު ރާއްޖޭގެ ކޮންމެ މުއައްސަސާއަކުން ކުރަންވެއްޖެކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިފަދަ ކަންކަމުގައި ކަސްޓަމްސް ނަމޫނާއެއްގެ ގޮތުގައި ބެއްލެވުމަށްވެސް މިނިސްޓަރު އަޒްލީން ވިދާޅުވިއެވެ.

މިނިވަންދުވަހުގެ މުނާސަބާތުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ އިވެންޓަށް ގަލޮޅު ރަސްމީ ދަނޑު ތައްޔާރުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ކަސްޓަމްސްގެ މުވައްޒަފުންނަށް އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދިނުމަށް މިއަދު ކަސްޓަމްސް ބިލްޑިންގގައި ބޭއްވި ހަފްލާގެ ތެރޭން -- ފޮޓޯ: ކަސްޓަމްސް

ކަސްޓަމްއިން މިއަދު ވަނީ، މިނިވަންދުވަހުގެ ކުޅިވަރު ހަރަކާތްތަކަށް ގަލޮޅުދަނޑު ތައްޔާރުކުރުމުގައި މަސައްކަތްކުރި، ކަސްޓަމްސްގެ 56 މުވައްޒަފަކަށް އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދީފައެވެ.

ހަނދާނީ ލިޔުން މުވައްޒަފުންނާ ހަވާލުކޮށްދެއްވީ، މިނިސްޓަރު އަޒްލީން އަޙުމަދާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބުރާހިމް ޝަރީފް މުޙައްމަދު އެވެ.

މިނިވަންދުވަހުގެ މުނާސަބާތުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ އިވެންޓަށް ގަލޮޅު ރަސްމީ ދަނޑު ތައްޔާރުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ކަސްޓަމްސްގެ މުވައްޒަފުންނަށް އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދިނުމަށް މިއަދު ކަސްޓަމްސް ބިލްޑިންގގައި ބޭއްވި ހަފްލާގެ ތެރޭން -- ފޮޓޯ: ކަސްޓަމްސް

މިއަދު ކަސްޓަމްސްގައި ބޭއްވި އެ ހަފްލާގައި ކޮމިޝަނަރ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި ކަސްޓަމްސްގައި އުފެދިފައިވާ "ވަން ފެމިލީ" ނުވަތަ އެއް އާއިލާއެއްގެ ރޫޙް ދިރުވާ އާލާކުރުމަށް ކުރިއަށް އޮތްތާނގައިވެސް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ކަސްޓަމްސް އަބަދުވެސް ދެމި އޮންނާނީ ގައުމީ ކަންކަމުގައި އެއްރޫހެއްގައި އަތުކުރި އޮޅާލައިގެން އެކުވެރިކަމާ އެކުގައިކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބުރާހިމް ޝަރީފް ވިދާޅުވިއެވެ.