02 Aug 2016, 23:23
އައިރިސް ސްކޭނަރ އާއި ކާވްޑް ޑިސްޕްލޭ ހިމެނޭ ސެމްސަންގެ އެންމެ ފަހުގެ ފެބްލެޓް،ސެމްސަން ގެލެކްސީ ނޯޓް 7ރަސްމީކޮށް ސެމްސަންގުން ދައްކާލައިފި އެވެ.
އެމެރިކާގެ ނިއު ޔޯކުގައި ބޭއްވި ސެމްސަންގް އަންޕެކްޑް ހަފުލާގައި، ލޮލުގެ ކަޅި ދެނެގަނެވޭ ސެންސަރެއް ކަމުގައިވާ އައިރިސް ސްކޭނަރ ހިމަނާފައިވާ ނޯޓް 7 މިރޭ ދައްކާލާފައިވާއިރު، މާދަމާއިން ފެށިގެން ޕްރީ އޯޑަރު ކުރުމަށް ހުޅުވާލެވޭނެ ކަމަށް ސެމްސަންގުން ބުނެ އެވެ.
ނޯޓު 7 ގައި ހިމަނާފައިވާ ލޮލުގެ ކަޅި ދެނެގަންނަ ސެންސަރުން ފޯނު އަންލޮކް ކުރުމުގެ ގާބިލްކަން ލިބިފައިވެ އެވެ. ލޮލޮގެ ކަޅިން ފޯނު އަންލޮކް ކުރެވޭ އިރު، އެއީ އިނގިލި ނިޝާނަށްވުރެ ރައްކާތެރި ސިފައެއް ކަމަށް ސެމްސަންގުން ބުނެ އެވެ.
ފެން ނުވަންނަ ގޮތަށް ހަދާފައިވާ ނޯޓު 7 ގައި 4 ޖީބީގެ ރޭމް އާއި، 12 މެގަ ޕިކްސެލްގެ ކެމެރާއެއް ހިމަނާފައިވެ އެވެ. މި ފޯނުގައި ހިމަނާފައިވަނީ، ކުއަލްކޮމް ސްނެޕްޑްރެގަން 820 ގެ ޕްރޮސެސަރ އެކެވެ.
މިމަހުގެ 19 ވަނަ ދުވަހުނޯޓް 7އެމެރިކާގައި ވިއްކަން ފަށާއިރު އެ ފޯނުގެ އަގު އުޅޭނީ ގާތްގަނޑަކަށް 770 އާއި 800 އެމެރިކާ ޑޮލަރު (11873 އާއި 12336 ދިވެހި ރުފިޔާ) އާ ދޭތެރޭގަ އެވެ.
ނޯޓު 5 އާ ހިލާފަށް ނޯޓު 7 ގައި އެސްޑީ ކާޑު ޖެހެން ހުންނާނެއެވެ. އަދި އިންޓާނަލް ސްޓޯރޭޖް ގައި 64 ޖީބީ ހިމެނޭނެ އެވެ. މިރޭ ދައްކާލި ނޯޓު 7ގައި 3500 މިލިއެމްޕަޔަރ ގެ ބެޓެރިއެއް ހިމަނާފައިވެ އެވެ. އެހެން ކަމުން ނޯޓު 5ށް ވުރެ ނޯޓު 7 ބެޓެރީ ގިނަ އިރު ހިފަހައްޓާނެ އެވެ.
ސުޕަރ އެމޯލެޑް 2560x1440 ޕިކްސެލްގެ އެޗްޑީ ޑިސްޕްލޭއެއް ހުންނަ ނޯޓް 7ގެސެމްސަން އެސް ޕެންނުވަތަ އެކްޓިވް ސްޓައިލަސް ވެސް ވަނީ ވަރަށް ބޮޑަށް ފައްކާކޮށްފައެވެ. އެގޮތުން ވޯޓަރ ރެޒިސްޓެންސް އަދި ފައިން ޕޮއިންޓަރެއް ހިމެނޭ މި ސްޓައިލަސްގެ ޕްރެޝަރ ސެންސިޓިވިޓީ ކުރިއަށްވުރެ ދެގުނަ ރަނގަޅުކޮށްފައި ވުމުން، މިހާރު އާދަގައިގެ ގަލަމަކުން ކަރުދާސްގަނޑެއްގައި ލިޔެލާހާ ފަސޭހައިން އެ ސްޓައިލަސްއިން ފޯނުގެ ޑިސްޕްލޭގައި ލިޔެލެވޭނޭކަމަށް ތަޖްރިބާކާރުން ބުނެއެވެ.