02 Aug 2016, 22:06
މަޝްހޫރު ސޯޝަލް މީޑިއާ ނެޓްވޯކްޓްވިޓަރބޭނުންކުރާ ދިވެހީންގެ މެދުގައި ކުޅެވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް، "ޓްވިޓްސަލް 2016"ގެ މެއިން ސްޕޮންސަރަކަށް ހަސަން މެރިން އިންޖިނޭރިން ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިމަހުގެ 26 ވަނަ ދުވަހު ކުޅޭ ހަތް ވަނަ ޓްވިޓްސަލް މުބާރާތުގެ މެއިން ސްޕޮންސަރަކަށް ހަސަން މެރިން އިންޖިނޭރިން ހަމަޖައްސާފައިވާއިރު، ހޯމަދުވަހުގެ ރޭ ވައިލްޑް އެންޑް ވުޑް ކެފޭގައި ބޭސްވި ރަސްމިއްޔާތެއްގައި މުބާރާތް އިންތިޒާމްކުރާ އެމްވީ ޓްވިޓްސަލްގެ ފަރާތުން ވަނީ ހަސަން މެރިންގެ އިތުރުން އިތުރު 15 ފަރާތަކާއެކު ވެސް ސްޕޮންސަރޝިޕް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

"ޓްވިޓްސަލް 2016"ގައި މިފަހަރު ޖުމުލަ 11 ޓީމު ވާދަކުރާނެ، ފިރިހެން 8 ޓީމް، އަންހެން 3 ޓީމް -- ފޮޓޯ: އެމްވީޓްވިޓްސަލް
މުބާރާތުގެ ޓީމްތައް ސްޕޮންސަރކޮށްފައިވަނީ، ކްރެކަން އެޑްވެންޗަރސް، ގޯލްޑްފާމް، ހަނީކޯނަރ، ޗޮޕާޓް، ހުކާ މޯލްޑިވްސް، ޔޫފޮރިކް ރީޓެއިލް، އަޒުރ، ބިސްކޮލާޓާ، މޫޝާން، ކުރަހާރާއްޕެ އަދި ޓޫ ޓޯންސްއިންނެވެ. މީގެ އިތުރުން އިވެންޓް ޕާޓްނަރުންގެ ގޮތުގައި ބީއެޗްއެމް، ސޮނީ ސްޕޯޓްސް، ގޮރިއްލާ އަދި އެފްއެސް ކޭކްސްއާ އެކުވެސް އެމްވީ ޓްވިޓްސަލުން ވަނީ ސޮއިކޮށްފައެވެ.

"ޓްވިޓްސަލް 2016"ގެ މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައި ވަނީ ހަސަން މެރިން އިންޖިނޭރިން -- ސަން ފޮޓޯ: އިހްތިޝާމް މުހައްމަދު
އެމްވީޓްވިޓްސަލް އިން ބުނީ، 1500 ޓްވީޓް ކޮށްފައިވާ ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ އެ މުބާރާތުގައި މިފަހަރު ޖުމުލަ 11 ޓީމެއް ވާދަކުރާއިރު، އޭގެތެރޭގައި ފިރިހެން އަށް ޓީމާއި އަންހެން ތިން ޓީމު ވާދަކުރާނެ ކަމަށެވެ. އަދި މިފަދަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ، ޓްވިޓާ ބޭނުންކުރާ ފަރާތްތަކަށް އެކުވެރި މާހައުލަކުން ބައްދަލުވެ، ކުޅިވަރުގެ ތެރޭން އިޖްތިމާއީ ގުޅުން ރަނގަޅުކުރުން ކަމަށެވެ.
މިފަހަރުގެ ޓްވިޓްސަލް މުބާރާތް އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުގެ މެންދުރު ފަހު 3:30އިން މެންދަމު 12:00އަށް އެފްއޭއެމްގެ 2 ނަންބަރު ޓާފް ދަނޑުގައެވެ.

"ޓްވިޓްސަލް 2016"ގެ މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައި ވަނީ ހަސަން މެރިން އިންޖިނޭރިން -- ސަން ފޮޓޯ: އިހްތިޝާމް މުހައްމަދު
އެމްވީ ޓްވިޓްސަލްގެ ފަރާތުން 2009 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ފުޓްސަލް މުބާރާތުގެ އިތުރުން އެ ޖަމިއްޔާއިން އަންނަނީ، "ޓްވިޓްސަލް ކެއަރ"ގެ ނަމުގައި އިޖްތިމާއީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެހީގެ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދަމުންނެވެ. އެގޮތުން އެމްވީ ޓްވިޓްސަލްއިން ވަނީ، މިދިޔަ އަހަރުޓްވިޓްސަލް ކެއަރސްހަރަކާތުގެ ތެރޭން، ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބޭނުންވާ އަންނައުނު ޖަމާކޮށް އެ މަރުކަޒާ ހަވާލުކޮށްފައެވެ. އަދި މިފަހަރުޓްވިޓްސަލް ކެއަރސްހަރަކާތުގެ ތެރޭން، ވިލިނގިލީގައި ހުންނަ ކުޑަކުދީންގެ ހިޔާއަށް ބޭނުންވާ ބައެއް ސާމާނު ހަދިޔާކުރުމަށް ހަމަޖެހިފައި ވާކަމަށްވެސް އެމްވީ ޓްވިޓްސަލްއިން މައުލޫމާތު ދެއެވެ.