12:00 އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ އަލިފާން ފުރަތަމަ ރޯވީ ގ. ސާލިމިއްޔާގޭގައި ހުރި ތިން ބުރީގެ އިމާރާތެއްގައި ކަމަށެވެ. އަދި ދެވަނަ އަށް ރޯވެފައިވަނީ ވެސް އެގޭގައި ހުރި އިމާރާތެއްގައި ކަމަށެވެ. އަދި ހަމަ އެގޭ ތެރޭގައި ހުރި ހަދަމުން ދިޔަ އިމާރާތަކަށްވެސް ކޮންމެވެސް ވަރަކަށް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. އެގޭގައި ރޯވި އަލިފާންގަނޑުގެ ސަބަބުން ޖެހިގެން ހުރި ގ.ސުތުލިގެއަށް ކޮންމެވެސް ވަރަކަށް ދުމުގެ އަސަރުކުރި ކަަމަށްވެސް އޭނާ ވިދާޅުވި އެވެ. މިހާދިސާގައި އަލިފާން ރޯވި ދެ އިމާރާތްވެސް އެއްކޮށް ބަލާ ފާސްކޮށްފައިވާ ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފްގެ އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް އަލިފާން ރޯވި ވަގުތު މީހަކު އަނބުރައިގަނެގެން ހޮސްޕިޓަލަށް ގެންދިޔަ އެވެ.

http://www.youtube.com/watch?v=Igxr2vdDAS0

11:44 އަލިފާންގަނޑު މުޅިން ނިއްވާލައިފައިވާއިރު އަދިވެސް އެސަރަހައްދުގައި ކޮންމެވެސް ވަރަކަށް ދުމުގެ އަސަރު އެބަހުއްޓެވެ. އަދިވެސް އިމާރާތުގެ ތެރެއަށް ފެންޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

http://www.sun.mv/albums/l_1062.jpg

11:41 ޓެލެކޮމް ބިލްޑިންގް ކުރިމަތީގައި ހުންނަ ލިލީ ސްޓޯރުގެ ގުދަނުން ނެެރުނު މުދާތަައް އަލުން އަނބުރާ ގުދަނަށް ވައްދަން ފަށައިފި އެވެ.

11:19 ދެ އިމާރާތެއްގައި ރޯވި އަލިފާންގަނޑު އެއްކޮށް ވަނީ ނިއްވާލައިފަ އެވެ. އެތަނުގައި ޑެކްއަޅައިގެން ދެ ބުރިއަށް ހަދާފައި ހުރި އިމާރާތް ނިއްވުމުގެ މަސައްކަތް ކުރަމުންދިޔައިރު ދެ ތިން ފަހަރެއްގެ މަތިން ވަރަށް ބާރަަށް އެއްޗެހިތަކެއް ގޮވި ކަމަށާއި އެތަނުގެ ތެރޭގައި ގިނަ އަދަދަކަށް ފައިބަރާ ގޭސް ހުރި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

11:19 ދެ އިމާރާތެއްގައި ހިފާފައިވާ އަލިފާންގަނޑުގެ 90 ޕަސެންޓް ކޮންޓްރޯލް ކުރެވިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. މިހާރު އަލިފާން ހިފައިފައި ހުރީ ތިން ބުރިއަށް ނަގާފައި ހުރި އިމާރާތުގެ ތިން ވަނަ ބުރީގަ އެވެ. އެބައިގައި ކޮންމެވެސް ވަރަކަށް އަލިފާނުގެ އަސަރު އެބަހުއްޓެވެ. ޑެކްއަޅައިގެން ތިން ބުރިއަށް ނަގާފައިވާ ގެ އަލިފާނުގެ ސަބަބުން މުޅިން ވަނީ ހަލާކުވެފަ އެވެ. މުޅި ހިސާބުގައި ވަނީ ދުންގަނޑު ވަރަށް ބޮޑަށް ފެތުރިފަ އެވެ.

11:05 އިމާރާތުގެ ބޭރަަށް އަލިފާންގަނޑު ނުފެންނަ ކަމަށާއި ސިފައިންގެ ރެސްކިއުޓީމުން ރޯވެފައިވާ އިމާރާތުގެ ތިން ސަރަހައްދަކުން ފެންޖަހަމުން އެބަގެންދެ އެވެ. އިމާރާތުގެ ޓިނުތައް ނައްޓުވަމުންދާ ވަރަކަށް އިމާރާތުގެ ތެރޭގައި ވަރަށް ބޯކޮށް ދުންގަނޑު ފެންނަން ހުރި ކަމަށާއި ކޮންމެވެސް ވަރަކަށް އަލިފާނުގެ އަސަރު ހުރި ކަމަށް އަލިފާން ރޯވެފައިވާ އިމާރާތުގެ އަރިމަތީގައި ހަދަމުންދާ އިމާރާތެއްގައި ހުރި ސަންގެ ނޫސްވެރިއަކު ބުންޏެވެ.

http://www.sun.mv/albums/l_1046.jpg

10:58 އިމާރާތުގެ ތެރެއިން ގޭސް ސިލިންޑަރެއް ނެރެގެން ސިފައިން ގެސްގޮސްފި އެވެ. އިމާރާތުގެ ތެރޭގައި ސިފައިންގެ ޓީމެއް ހަރަކާތްތެރިވަމުން އެބަދެ އެވެ.

10:56 ޓެލެކޮމް ބިލްޑިންޑް ބިލްޑިންގް ކުރިމަތީގައި ހުރި ގުދަނުގައި ހުރި އެއްޗެހިތައް އާއްމުންނާއި ފުލުހުން އަދި
ސިފައިން ވެގެން ހުސްކުރަން ފަށައިފި އެވެ.

10:35 އަލިފާން އަދި ވެސް ކޮންޓްރޯލް ނުވެ އަދަމުން ދަނީ އެވެ. އަލިފާން ރޯވެފައި ވަނީ ހަނި ގޯޅިގަނޑެއްގައި
ހުރި ގެއެއްގައި ކަމުން އެމްއެންޑީއެފުގެ ރެސްކިއުޓީމަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.

10:34 ފަޔާ ލޮރީއަށް ގޯޅިއަށް ނުވެދެވިގެން އަލިފާން ނިއްްވާލުމަށް ވަނީ ދަތިތިވެފަ އެވެ.

10:40 ފުރަތަމަ އަލިފާން ރޯވީ ބިދޭސީން ދިރިއުޅޭ ގެއެއްގަ އެވެ. ލަކުޑި ޑެކްއަޅައިގެން ތިން ބުރިއަށް ހަދާފައި ހުރި ގޭގެ ތިރީ ބައިގައި ރޯވި އަލިފާން މިހާރު ވަނީ މުޅި ހިސާބަށް ފެތުރި ދުމުން ތަތްތެޅިފަ އެވެ.

10:33 މިހާރު ބޮޑަށް އަލިފާން އަނދަމުން ދަނީ ފަހުން ރޯވިގޭގަ އެވެ. އަދި ވެސް އަލިފާން ކޮންޓްރޯލް ނުވެ އަދަމުން ދަނީ އެވެ.

10:28 ވަރަށް ގަދަ އަށް އެބަ އަނދަ އެވެ. އަދި އެ ހިސާބުގެ ގެތަކުން މީހުން ވެސް އެބަ ހުސްކުރެ އެވެ.

10:12 އަލިފާން ބަރަށް ބޮޑަށް ރޯވެ ފެތުރެމުން އެބަދެ އެވެ.


10:12 އިމާރާތުން ކުދިން ތަކެއެއް ނެރެފި އެވެ.

10:12 އެ ގޯޅިތެރޭގައި ހުރި އެހެން އިމާރާތެއްގައި އަލިފާން ރޯވެ އަނދަންފަށައިފި އެވެ.

http://sun.mv/uploads/l_776649.jpg

10:05 އެމްއެންޑީއެފުގެ ފަޔާ އެންޑް ރެސްކިއު ޓީމުން އެގެ އަށް ހަރުގަނޑަކުން އެބަ އަރަ އެވެ.

10:03 އަލިފާން ރޯވެފައި ވަނީ ގ. ޝާލިމިއްޔާގޭގެ ބައެއްގަ އެވެ. އެއީ ވިދުވަރުގެ ކައިރީގައި ހުރި ގެ އެކެވެ.

10:00 ދެންމެ އެ އިމާރާތުން މީހަކު ނެރެގެން ހޮސްޕިޓަލަށް ގެންގޮސްފި އެވެ.

ގަލޮޅު ގެއެއްގެ ބައެއްގައި އަލިފާން ރޯވެ އަދަމުން އެބަދެ އެވެ. އަލިފާން ރޯވެފައި ވަނީ ވުޑްއެޕަލްކައިރީގައި ހުރި ގެއެއްގަ އެވެ.
[ތަފުސީލް އަންނަނީ]އައި