02 Aug 2016, 16:04
ނިއުދިއްލީ (އޮގަސްޓު 2): އިންޑިއާއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 96 އަކަށް އަރައިފި ކަމަށް އޮފިޝަލުން މިއަދު ބުނެފި އެވެ.
ވިއްސާރައިގައި އެންމެ ބޮޑަށް އަސަރުކޮށްފައިވާ ސްޓޭޓުތަށް ކަމަށްވާ ބިހާރު، އައްސާމު އަދި ހިމާޗަލް ޕްރަދޭޝް އިން މަރުވި މީހުންގެ އަދަދު 96އަކަށް އަރާ ކަމަށާއި އެއް މިލިއަނާ ގާތް ކުރާ ވަރަށް މީހުން ސަރުކާރުން ހިންގާ ރިލީފް ކޭމްޕުތަކުގައި މިހާރު އެބަތިބި ކަމަށް އޮފިޝަލުން ބުންޏެވެ.
އަދި ފެންބޮޑުވުމުގެ ސަބަބުން އަނިޔާވި ފަރާތްތަކަށް ސިއްހީ އެހީ ފޯރުކޮށްދިނުމުގެ ގޮތުން 400 އަށް ވުރެ ގިނަ މެޑިކަލް ކޭމްޕުތައް އެކި ސަރަހައްދުތަކުގައި މިހާރު ގާއިމުކޮށްފަ އެވެ.
އިންޑިއާގެ މޫސުމީ ވިއްސާރައިގައި އެގައުމުގައި ފެންބޮޑުވުމުގެ ސަބަބުން ކޮންމެ އަހަރަކު އެގައުމަށް ހަތް ބިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުން ލިބޭ ކަމަށް ޔޫއެންގެ ރިޕޯޓުތަކުން ދައްކަ އެވެ. (އޭޕީ)