ވޯލްޑް ކެރަމް ޗެމްޕިއަންޝިޕްގައި އެސިސްޓެންޓް ރެފްރީކަން ކުރުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ރާއްޖޭގެ ކަރަމް ރެފްރީ އަކަށް ލިބެއްޖެއެވެ.

ނޮވެމްބަރު ހަތް ވަނަ ދުވަހުން 11 ވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަތް ވަނަ ވޯލްޑް ކެރަމް ޗެމްޕިއަންޝިޕުން ފުރުސަތު ލިބުނީ ރާއްޖޭގެ ކެރަމް ރެފްރީ މުހައްމަދު މުނައްވަރު އަށެވެ.

މުނައްވަރަކީ ރާއްޖޭގައި މިވަގުތު ތިބި އިންޓަނޭޝަނަލް ސެޓިފައިޑް 8 ރެފްރީންގެ ތެރޭގައި ހިމެނޭ ރެފްރީ އެކެވެ. އޭނާ ވަނީ ރާއްޖޭގައި އެންމެ ފަހުން ބޭއްވުނު ކެރަމް ވޯލްޑްކަޕްގައި ވެސް ރެފްރީކަން ކޮށްފައެވެ

ރާއްޖޭގެ ރެފްރީ އެއް ވޯލްޑް ކެރަމް ޗެމްޕިއަންޝިޕަށް ފުރުސަތު ލިބުނު އިރު ރާއްޖޭގެ ގައުމީ ކެރަމް ޓީމުން އަންނަނީ އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި އެކު ޓްސްޓް ސީރީސް މެޗުތަކެއް ވެސް ކުޅެމުންނެވެ.