02 Aug 2016, 01:04
ހުޅުމާލޭގައި ދެ މީހަކު އެކަކު އަނެކަކާ މާރާމާރީ ހިންގައި އެކެއްގެ ބޯ ފަޅާލައިފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ސަން އަށް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ މިރޭ 11:30 ހާއިރު ކަމަށެވެ.
އޭނާ ވިދާޅުވީ، އެ މާރާމާރީގައި އެކެއްގެ ބޯލަށް ޒަޚަމްތަކެއް ލިބި ލޭ ފައިބާފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ބޮލަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް އިސްމާއީލް ވިދާޅުވި އެވެ.
ހުޅުމާލޭ ޕޮލިސްޓޭޝަނުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.